ޚަބަރު

ޑީއާރްޕީއަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ޕާޓީއެއް – ޖާބިރު

ޑީއާރްޕީއަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ޕާޓީއެއް ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ޕާޓީއެއް އޮތުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ހަތަރު އަތޮޅަކަށް ޑީއާރްޕީން ކުރި ދަތުރާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މިހާރުވެސް ގިނަ ބަޔަކު ޑީއާރްޕީއަށް ސޮއި ކުރަމުން އަންނަ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި އެޕާޓީއަށް ވަަރަށް ގިނަ ރައްޔިތުން ސޮއިކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ޑީއާރްޕީން ކުރި ދަތުރަކީ ކުރު މުއްދަތެއްގެ ތެރޭގައި ކުރި ދިގު ދަތުރެއްގެ ގޮތުގައި ޖާބިރު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ މަސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެކަންކަން ކުރުމަށް ޑީއާރްޕީން ސަރުކާރަށް ބާރު އަޅާނެ ކަމަށެވެ.

ޑީއާރްޕީ އުފެއްދީ 2005 ވަނަ އަހަރުގެ ޖުލައިމަހުގެ 21 ވަނަ ދުވަހުއެވެ. ޖާބިރު ޑީއާރްޕީއާ ގުޅިވަޑައިގެންފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ޖާބިރު އެޕާޓީއާ ގުޅިވަޑައިގަތުމާއެކު، ކައުންސިލް ބައްދަލުވުމެއް ބާއްވައި ޖާބިރަށް ޕާޓީގެ ލީޑަރުކަން ދޭން ނިންމީވެސް ހަމަ އެ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close