ޚަބަރު މިއަހަރުގެ ހައްޖާޖީންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ޙައްޖާޖީ އަކީ 102 އަހަރުގެ އަންހެނެއް

މިއަހަރުގެ ހައްޖާޖީންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ޙައްޖާޖީ އަކީ 102 އަހަރުގެ އަންހެނެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރަކީ ޢަދަދަކުން ގުނައިލެވޭ ދުވަސްތަކެކެވެ. ޢުމުރުން ދުވަސްވެ މުސްކުޅިވުމަކީ އެމީހެއްގެ ސިއްޙަތު ސަލާމަތުން ހުރެ ގައިގައި ވަރު ހުރިނަމަ ކަންކަމަށް ފަސްޖެހެން ޖެހޭ ސަބަބެއް ނޫންކަން ސާބިތު ކޮށްދީފައި މިވަނީ ތައިލެންޑްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 102 އަހަރުގެ އަންހެނެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މާތްވެގެންވާ ޙަރަމް ފުޅަށްގޮސް އޭނާވަނީ އެމަތިވެރި އަޅުކަން އަދާކުރުމަށްފަހު ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ސަލާމަތުން އެނބުރި އޭނާގެ ޤައުމަށް އައިސްފައެވެ.

ނޫހު ލަނާއީ ނަމަކަށް ކިޔާ މިއަންހެން މީހާ ޙައްޖުގެ އަޅުކަމަށް މައްކާއަށް ދިޔައީ އޭނާގެ ފިރިހެން ދަރިފުޅާއި، އަދި ފެމެލީ އެހެން މެމްބަރުންނާވެސް އެކުގައެވެ.

ތައިލެންޑްގެ މަޝްހޫރު ނޫހަކަށްދިން އިންޓަރވިއުއެއްގައި އޭނާބުނީ ޙައްޖަށްދާން މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއް ވެއްޖެކަމަށެވެ. ނަމަވެސް އެނަޞީބު ލިބުނީ މިއަހަރު ކަމަށެވެ.

މިއަންހެންމީހާ ދިން އިންޓވިއުގައި ބުނެފައިވަނީ އޭނާ ދަތުރަށް ފުރުމުގެ ކުރިން ވަރަށްގިނަ ތައްޔާރީތައް ވީކަމަށެވެ. އެގޮތުން އޭނާގެ ބޮޑީ ފިޓްނަސް ރަގަޅު ކުރުމަށް އެކިކަހަލަ ކަސްރަތުތައްވެސް ކޮށް ޚާއްޞަ ކާނާ ކައި ހެދިކަމަށް އޭނާބުނެފައިވެއެވެ.

މިހާ ޢުމުރުން ދުވަސްވެފައިވާ މީހަކު ޙައްޖުގެ މަތިވެރި އަޅުކަން އެންމެ ފުރިހަމަގޮތުގައި އަމިއްލައަށް އަދާކޮށް ނިންމާލުމުން ވަރަށް ގިނަބަޔަކު ވަނީ އޭނާއަށް ތަޢުރީފް ކޮށްފައެވެ. އަދި އެކަންވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.

މިދިޔައަހަރު ޙައްޖަށްދިޔަ ޙައްޖާޖީންގެ ތެރެއިން އެންމެ ދުވަސްވީ މީހަކަށް ޙައްޖަށް ދިޔައީ އިންޑޮނޭޝިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 104 އަހަރުގެ ބައިޤް މާރިއާއެވެ.

ޓެގް

ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.