ވާހަކަ ކުރުވާހަކަ: މާފު!

ކުރުވާހަކަ: މާފު!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މަންމާ! އަހަންނައް މައާފްކުރޭ! ދެން ދުވަހަކު ވެސް މަންމަ ހިތަކު ނުޖައްސާނަން!. މަންމަގެ އޯގާތެރިކަމާއި ލޯބީގެ ބަދަލުދޭން އަހަރެން ބޭނުން މަންމާ!. މަންމަ ތި އެދޭ ފަދަ ރަނގަޅު މީހަކަށްވާން އަހަރެން ބޭނުން މަންމާ.  އަހަންނަށް މައާފް ކުރޭ ހެޔޮނުވާނެ މަންމާ…..” މަރީ އޭނާގެ މަންމަގެ  މާހާނަ ކައިރީ އިނދެގެން ގިސްލާ ރޮނީއެވެ. އެތައް އިރަކު ރުއިމަށްފަހު އޭނާ ހަމަހިމޭން ވެލިއެވެ. އިސާހިތަކު އެ ހަމަހިމޭންކަން ނަގާލީ އޭނަގެ މާޒީގެ ކަޅު ޞަފްހާ ތަކުގެ ތެރެއަށެވެ…..

އެއީ އަހަރެން ޖަރުމަނުން މަތީ ތައުލީމު ހާސިލް ކޮއްގެން ރާއްޖެ އައި ދުވަހެވެ. އަހަރެންގެ މަންމަ ސާބިރާ ފާލަން ދޮށަށް އަހަރެން ބަލައި އައިސް ހުއްޓެވެ. “ދަރިފުޅާ އަވަހަށް ހިނގާ ގެއަށްދާން” ސާބިރާ އޯގާތެރިކަމާއެކު ބުނެލިއެވެ.”މަންމަ ކީއްކުރަން އަހަރެން ބަލައި ތިޔައީ މިހާރު އަހަންނަށް ވެސް އެކަނިން ގެއައްދާން އިނގޭނެ” މަރީ އަޑަށް ބާރުލައި ބުނެލިއެވެ. އަނެއްކާވެސް ސާބިރާ ވަރައް ދެރަވެލައިފަ ބުނެލިއެވެ.”ދެން ދަރިފުޅު ތިހާ ގިނަދުވަސް ކޮއްފަ އައީމަ ދަރިފުޅު ބަލައި އަންނަން ޖެހޭނެއެނުން” މަރީ އަވަހައް ދަބަސް ހިފައިގެން ގެއާ ދިމާލައް ހިނގައިގަތެވެ.

މަރީ ގެއަށް ގޮސް ކޮޓަރިއަށް ވަދެ ކޮޓަރި ތަޅުލީއެވެ. އޭނާ ކޮޓަރި އަށް ވައިން ގޮތައްވަދެ ނިދީއެވެ. ސާބިރާގެ ނިކަމެތި އަޑަށް ވެސް މަރީ ދިނީ ބީރު ކަންފަތެކެވެ. ގަޑިން ރޭގަނޑު ބާރަ ޖެހީއެވެ. މަރީގެ ޚަބަރެއް ނެތުމުން ސާބިރާ އަށް އިނީ ނުނިދިފައެވެ.

އިރުކޮޅެއް ނުވެ މަރީ ކޮޓަރިން ނިކުމެއްޖެއްވެ. ސާބިރާ ބުނެލިއެވެ. “ދަރިފުޅު ނުކަނީތަ” ޖަވާބުގައި މަރީ ބުނެލިއެވެ. “އާން އަހަރެން ބަނޑުހައި ވީމަ އަހަރެން ކެފޭއަށް ގޮސް ކާނަން” މަރީ ބުނެލިއެވެ. “ދަރިގުޅު މިޔޮއް ދަންވީމަ ތިދަނީ ކޮންތާކައް” ސާބިރާ ސުވާލުކުރިއެވެ. ” އަހަރެން ދާހާ ތަނެއް މަންމަ ބަލަން ޖެހޭތަ މިހާރު އަހަރެންވެސް މިހިރީ ބޮޑުވެފަ އަހަރެން ބޭނުން ތާކައް އަހަންނައް ދެވޭނެ” ގޭގެ ދޮރު ބާރަށް ޖަހާފަ މަރީ ނިކުމެގެން ހިނގައްޖެއެވެ.

ގަޑިން ތިނެއް ޖެހިއިރު ވެސް އެ މަންޖެ ގެއަށް ނާންނާތީ ސާބިރާ އިނީ ނުނިދިފައެވެ. މަރީ ޖަރުމަނުން އައި ފަހުން ހުރީ ވަރައް ބޮޑަށް ބަދަލުވެފައެވެ. ގޭގައި ކާން ހަދާހާ އެއްޗެއް ކަނީކީއެއް ނޫނެވެ. އަބަދުވެސް މަރީ އުޅެނީ ގޭން ބޭރުގައެވެ. ކޮންތާކުން ހޭ ތިއައީ އަހާލީމަ ވެސް އަންނަނީ ރުޅިއެވެ.

މަރީގެ ބައްޕަ ވެސް ވަނީ މަރުވެފައެވެ. ދުވަސްދުވަހުން ދަނީ ސާބިރާގެ ހާލު ވެސް ދެރަވަމުންނެވެ. މަރީ މިއިން އެއްކަމަކާވެސް އަޅައެންނުލައެވެ.

މިއަދު މި ނިކަމެތި ސާބިރާގެ ހާލު ވަރައް ދެރައެވެ. މާ ބޮޑަށް ފިކުރުބޮޑުވެ ހުންގަދަ ކުރާތީ ހަސްފަތާލަށް ގެންދިޔައެވެ. ހަސްފަތާލު ގައި އެޑްމިޓު ކޮއްފައި އޮތްއިރުވެސް އިރުއިރު ކޮޅާ މަރީ ކޮބައިތޯ އަހައެވެ. ހަމައެހެންމެ އިރުއިރު ކޮޅާ ރޯން ފަށައެވެ. ހިތާމަނުކުރުމަށާއި ކަންކަމާ މާބޮޑަށް ވިސްނަންޏާ ހާލު ދެރަވާނެ ކަމަށް ޑަކުޓަރު އެންގިއެވެ.

ސާބިރާ ގެ ހާލު ދެރަކަން އިނގިނގެން ސާބިރާގެ ފިރިމީހާގެ އެއްބަނޑު ހުސޭނުވެސް މިއަދު ރަށަށް އަތުވެއްޖެއެވެ. އަދި މާބޮޑަށް ސާބިރާގެ ހާލު ދެރަވެގެން އައިސީޔޫއަށް މިހާރު ވައްދައިފިއެވެ. ނަމަވެސް މާގިނައިރެއް ނުވެއެވެ. ސާބިރާ މިދުނިޔެ އާ އަލްވަދާއު ކިޔައިފިއެވެ.

ކަށުކަމާ ކެމީގެ ކަންކަން ނިމުމާއެކު ސާބިރާ ގެ އެއްބަނޑު އާތިފާ މަރީ ހޯދުމަށް ސާބިރާ ގެ ގެއަށް ގޮސްފިއެވެ. ގެއަށް ވަނުމާއެކު އާތިފާގެ ލޮލުގައި އަޅައިގަތީ ރަހުމުކުޑަ މަރީ އެވެ. އޭނާ އޮތީ އަރާމުގައި ޓީވީ ބަލައިލާށެވެ. މިތަން ފެނިފައި އާތިފަގާތައް ރުޅިއައެވެ. އަދި އާތިފާ ރުޅި އައިއްސަ ބުނެލިއެވެ. ” މަރީ ކިހިނެއް ވެގެންތަ ތިއުޅެނީ” ސިއްސައިގެންސް ގޮސް މަރީ ބުނެލިއެވެ. ” ކިހިނެއް ވީ ތަ ދައްތާ ދެން ހަޅޭ ނުލަވަބަލަ” އަދި އަސަރާއެކު އާތިފާ ބުނެލިއެވެ “މަރީ އަކައް ނޭނގޭތަ މަރީ ގެ މަންމަ މިދުނިޔެއާ އަލްވަދާއު ކީ ކަމެއްވެސް. މަރީ ކީއްވެތަ އެހާ ރަހުމުކުޑައީ. ކޯންޗެއްނުލިބިގެންތަ މަރީ ތިއުޅެނީ. ހަސްފަތާލުގެ އައިސީޔޫ ގަ މަންމަ އޮތްއިރުވެސް ގޮވާލާކަށް ވެސް ނާންނަމެންނުން. އެއްމެ ފަހަރަކުވެސް ބަލާލިންތަ މަންމަ ކޮބާތޯވެސް. އެ ސާބިރާ ކަލެއައްޓަކައި ކިހާއި ކަރުނައެއް ބޭކާރު ކުރި. މަރީ ޖަރުމަނައް ކިޔަވަން ފޮނުވަން އުޅުން ހާލުވެސް ހަނދައިން ނެތުނީތަ. ކަލެއާ ހެދި ކަލޭގެ މަންމަ މިދުނިޔެއާ އެ އަލްވަދާއުކީ. މަމިހިރީ ހަމަ ހައިރާންވެފަ. އަހަރެން ދުވަހަކުވެސް ހީނުކުރަން މަރީ ތި ފެންވަރައް ވެއްޓޭނެ ކަމެއް. އާތިފާ މިހެން ބުނެފައި އެގޭން ނުކުމެގެން ގޮސްފިއެވެ. މަރީ ހައްޓަކު ހެޔެއްނެތެވެ. އެ ފަކީރު ހުރީ ތާކަށް ހިރިލާންވެސް ނުކެރިފައެވެ. މަރީއަށް ކުރެވުނު ކަންތައްތަކާ މެދު ވިސްނެން މިފެށީ އަދިކިރިޔާ އެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ.

ކުއްލިޔަކައް ހަމަބިމަށް ތިރިވެ ބޮލުގައި އަތްއަޅައި ބާރަށް ހަޅޭލަވާން ފެށިއެވެ. އަދި މަންމަ ގެ މަހާނާ ކައިރިއަށް ގޮސް ދެއަތް އުފުލާ މަންމައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާތޯ ދުއާކުރިއެވެ.  

ޓެގް

ކުރުވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.