ޚަބަރު ޑީއާރުޕީގެ ލީޑަރުކަމަށް ޖާބިރު އައްޔަން ކޮށްފި

ޑީއާރުޕީގެ ލީޑަރުކަމަށް ޖާބިރު އައްޔަން ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެރާއްޖޭގައި ދެވަނައަށް އުފެދުނު އެންމެ ވަރުގަދަ ސިޔާށީ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރުކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހަމަޖައްސައިފިއެވެ.

އެމަޤާމަށް ޖާބިރު ހަމަޖައްސާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީ.އެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޑީއާރުޕީގެ ކުރީގެ ލީޑަރ އަދި މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމަށް ހަމަޖެއްސި ކުރީގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ވިދާޅުވީ މިރޭ ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ އިސްމަޤާމުތަކަށް މީހުން ހަމަޖައްސާފައިވާކަމަށާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެޕާޓީގެ ލީޑަރަކަށް ހަމަޖެއްސީ ނަޝީދު އެމަޤާމުން އިސްތިއުފާދެއްވުމުންކަމަށެވެ.

ކައުންސިލް ބައްދަލުވުމުގައި ޑީއާރުޕީގެ ލީޑަރަކަށް ޖާބިރު އައްޔަންކޮށްފައިވާއިރު ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ ކާނަލް ނަޝީދާއި، މާލެ ސިޓީކައުންސިލް މެންބަރު ފިޝާވިން ސަލީމް. އަދި އެޕާޓީގެ ސެކެޓްރީ ޖެނަރަލަކަށް އައްޔަންކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހީމް މުޢާޒް ޢަލީ. އަދި ޑީއާރުޕީގެ ރަޖިސްޓްރާގެ މަޤާމަށް އައްޔަންކޮށްފައިވަނީ ކުރީގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޕާޢު (ބޮޗޭ) އެވެ.

މުޙައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޑީއާރުޕީގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަމަޖެހިގެންދިއުމަކީ އެޕާޓީއަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމެއްކަމަށެވެ. އަދި ޖާބިރަކީ މަޖިލިސް މެންބަރަކަށްވުމުން ޕާޓީއަށް އިތުރު ދިރުމެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދި ޑީއާރުޕީގެ އެތެރޭގެ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ބައިބައިވެ، ޕާޓީގައި ތިއްބެވި އިސް ފަރާތްތައް ޕާޓީން ދުރައްވަޑައިގެންނެވިއިރުން ފެށިގެން މިހާތަނަށް އެޕާޓީގެ ސިޔާސީ ހަރަކާތްތައްއޮތީ ހުއްޓިފައެވެ. އަދި ބޮޑެތި އަދަދުތަކުން އެޕާޓީވަނީ ދަރަނިވެރިވެސްވެފައެވެ. ކުރިއަށް އޮތްތަނުގައި ޑީއާރުޕީގެ ދަރަނި ކުޑަކޮށް، ސިޔާސީ ޕާޓީތަކުގެ ޤާވާއިދާއެއްގޮތަށް ހިންގުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް އެޕާޓީގެ އައު ލީޑަރޝިޕުން ނިންމާފައިވާކަމަށް އެޕާޓީން ބުނެއެވެ.

ޓެގް

ޑީއާރުޕީ ޖާބިރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.