ޚަބަރު އައްޑޫ ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަނީ

އައްޑޫ ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު ނ.އަތޮޅު މާފަރުގައި އަލަށް ތަރައްޤީކުރާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ބުނެފި އެވެ.

އޭއޭއޭގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ރާއްޖޭގެ އެންމެ ވަރުގަދަ ނޫސް “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަމުގައި ފްލައިން ސްކޫލު ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ ކަމަށެވެ. އެ އެއްބަސްވުން އާކުރަން އޭއައިއޭ އާ ކުރި މަޝްވަރާތައް ނާކާމިޔާބުވެގެން ނިމިފައިވާ ކަމަށެވެ.

ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ، އެސްކޫލް ހިންގާ ކުންފުނިން ނިންމި އެންމެ ބޮޑު އެއްސަބަބަކީ އެމީހުންގެ އެއްބަސްވުން އާކޮށްދޭން އޭއައިއޭއިން ކިޔާއަގު މާ ބޮޑުވުމުން ކަމަށްވެސް އެކުންފުނިންބުނެއެވެ. އަލަށް ހުށަހަޅާ އަގަކީ އަކަ ފޫޓަކަށް މަހަކަށް 12 ރުފިޔާ އެވެ.

ފްލައިން ސްކޫލު މާފަރަށް ބަދަލުކުރެވޭނީ ފްލައިން ސްކޫލުގައި މިހާރު ތިބި ބައެއް ދަރިވަރުންގެ ތަމްރީނުތައް ނިމުމުންނެވެ. މިހާރުތިބި ދަރިވަރުންގެ ތަމްރީނުތައް ނިންމަން އޭއައިއޭ އިން ވަނީ އަންނަ އަހަރުގެ ނިޔަލަށް އަށްޑޫގައި ފްލައިން ސްކޫލު ހިންގުމުގެ ފުރުސަތު ދީފަ އެވެ. އެކަމަކު ސޫރަންޖަން ވިދާޅުވީ އަންނަ އަހަރު ނިމުމުގެ ކުރިން ފްލައިން ސްކޫލު ބަންދުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާ ނުކުރި ހަމަ އެކަނި ސަބަބަކީ ބިމު ކުލީގެ ގޮތުގައި ނަގަން އޭއައިއޭއިން ހުށަހެޅި އަގު ބޮޑުވުމެވެ.

އަންނައަހަރު މާފަރުގައި ފްލައިންސްކޫލް ފަށާއިރު އެސްކޫލް ފެށުމަށް ހަމަޖެހިފައިވަނީ 200 ދަރިވަރުންނަށް ފުދޭ ވަރަށް އެކޮމަޑޭޝަން ބްލޮކްތަކެއްވެސް ޤާއިމް ކުރުމަށް ފަހުގައި ކަމަށާއި، އޭރުން ދަރިވަރުންގެ އެކޮމޮޑޭޝަނަށް ކުރަން ޖެހޭ ހަރަދު ވެސް މިހާރަށް ވުރެ މާބޮޑުތަން ކުޑަވާނެކަމަށް ސޫރަންޖަން ވަނީ ވިދާޅުވެފައެވެ.

ޓެގް

މާފަރުއެއަރޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.