ޚަބަރު ލުތުފީގެ މައްސަލަ އުމަރު ބޮލަށް ކަނޑާލައިފި

ލުތުފީގެ މައްސަލަ އުމަރު ބޮލަށް ކަނޑާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެ ދުށް އެންމެ ބޮޑު ބާޣީ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލާ ހުރި ތަނުގެ މައުލޫމާތު 2014 ވަނަ އަހަރު އޭރުގެ ސަރުކާރަށް ލިބުނު ކަމަށާއި، އޭރު އޭނާ މާލެ ނުގެނެވުނީ ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާ ގެންނަން ބޭނުން ނުވުމަށް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެމައްސަލަ ޢުމަރުގެ ބޮލަށް ކަނޑުއްވާލައްވައިފިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ، ރައްޔިތުންގެ މަޖްލިސްގެ ތަޅުމުގައި ހުންނަވައިގެން ވާހަކަ ފުޅުދައްކަވައި މިހެން ވިދާޅުވީތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޢުމަރު ނަޞީރުވަނީ އިމްރާންގެ ވާހަކަފުޅު ދޮގުކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކައަށް ރައްދު ދެއްވައި އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިމްރާން ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށާއި، ލުތުފީ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރީ ވެސް އުމަރު ކަމަށެވެ.

“މަޖިލީހުގައި މިނިސްޓަރު އިމްރާން، އަޅުގަނޑާ ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުތުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު،” އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބުދުﷲ ލުތުފީއާއި ބެހޭގޮތުން ވާހަކަ ދެއްކެވީ ލުތުފީ އަނބުރާ ރާޢްޖެ ގެނައުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ އަދި ލުތުފީ މިހާރު ހުރި ގައުމެއް އޮޅުންފިލުވުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރުމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ފިލައިގެން ހުރި ތަނުގެ މައުލޫމާތާއި ލުތުފީގެ ބައެއް މުއާމަލާތްތަކުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

އެ މައުލޫމާތުތަކާ ގުޅިގެން ލުތުފީ އަނބުރާ މާލެ ގެނައުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށް، އެކަމުގެ ވަރަށް ފަހު ސްޓޭޖަކަށް ގޮސްފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށެވެ.

ޓެގް

ލުތުފީ އިމްރާން ޢުމަރު ނަޞީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.