ޚަބަރު ރާއްޖެ އިސްތިހާރު ކުރުމަށް ޔޫރަޕްގެ ހަތަރު ޤައުމެއްގައި ޝޯވ ދެނީ

ރާއްޖެ އިސްތިހާރު ކުރުމަށް ޔޫރަޕްގެ ހަތަރު ޤައުމެއްގައި ޝޯވ ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ޔޫރަޕްގައި ރޯޑް ޝޯވްއެއް ބޭއްވުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، (އެމްއެމްޕީއަރުސީ)ން ނިންމައިފިއެވެ.

މި ރޯޑްޝޯވްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޯވޭ، ޑެންމަރކް، ފިންލޭންޑް އަދި ސްވިޑަންގައެވެ.

އެމްއެމްޕީއާރުސީން މިހާރުވަނީ އެ ކޯރޕަރޭޝަނާއި ގުޅިގެން އަންނަ ސެޕްޓެމްބަރުމަހު ޔޫރަޕްގެ 4 ގައުމެއްގައި ރޯޑްޝޯވްތައް އިންތިޒާމްކުރަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ދުނިޔޭގެ އެކި ހިސާބުތަކުގައި ރޯޑް ޝޯވްތައް ބާއްވާ ތަފާތު އެކި ކެމްޕެއިންތައްވެސް އެމްއެމްޕީއާރުސީން ދަނީ ބާއްވަމުންނެވެ.

މިއަހަރުގެ މަރކެޓިންގ ޕްލޭންގައިވާ ގޮތުން ރާއްޖެ އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވަނީ 22 މަރކެޓްއަކަށް ބަހާލައިގެންނެވެ.

އެގޮތުން އެގައުމުތަކާއި ސަރަޙައްދުތަކުގައި ކުރިއަށްދާ 21 ފަތުރުވެރިކަމުގެ ފެއަރއެއްގައި ބައިވެރިވުމަށް ނިންމާފައިވާއިރު، 18 ރޯޑް ޝޯވްއެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި 22 ގައުމަކުން ނޫސްވެރިންގެ ޓީމްތައް ރާއްޖެއަށް ގެނެސް ރާއްޖޭގެ ފަތުރުވެރިކަމާގުޅޭ މައުލޫމާތު ދިނުމަށްވެސް ވަނީ ޕްލޭންގައި ހިމަނާފައެވެ.

ރާއްޖެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް މިހާރު ގެންދަނީ ކުރަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުން ބައިވެރިވެގެން ވަނީ ސަމިޓެއް ބާއްވާފައެވެ. އެސަމިޓުގައި 200 އަށް ވުރެ ގިނަަ ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުންނާއި 140 އަށް ވުރެ ގިނަ ރިސޯޓް ތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ.

ޓެގް

ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.