ޚަބަރު ޖޭއެސްސީގެ މެމްބަރުންތަކެއްގެ މައްސަލަ ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް ހުށަހަޅުއްވައިފި

ޖޭއެސްސީގެ މެމްބަރުންތަކެއްގެ މައްސަލަ ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް ހުށަހަޅުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖޭއެސްސީގެ 5 މެމްބަރަކާއި ދެކޮޅަށް ސުޕްރީމްކޯޓްގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ އަކީ ޖިނާއީ ތަހުޤީގެއް ހިންގަންޖެހޭ މައްސަލައެއްތޯ ބަލަމުން އަންނަކަމަށެވެ. ފުލުހުން ވިދާޅުވީ ޖޭއެސްސީގެ 5 މެމްބަރަކާ ގުޅޭގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ސިޓީއަކުން މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި އެމައްސަލައަކީ ޖިނާއީ ތަހުޤީޤެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް ދިރާސާކުރަމުން އަންނަކަމަށެވެ.

އެހެންނަމަވެސް ދީދީ މައްސަލަ ހުށައެޅުއްވީ ކޮން މެމްބަރުންނަކާ ދެކޮޅަށް ކަމެއް ފުލުހުން ވިދާޅެއްނުވެއެވެ. އަދި ހުށަހަޅުއްޥާފައިވާ މައްސަލައިގެ ތަފްސީލެއްވެސް ފުލުހުން ނުދެއްވައެވެ.

އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބޭގޮތުގައި ފަނޑިޔާރު ދީދީ ފުލުހުންނަށް ހުށަހެޅުއްވީ މައްސަލައިގައި ރައީސް ނަޝީދާއި، ވަކީލު ޙިސާން ޙަސަން ހިމެނެއެވެ.

ޖޭއެސްސީގެ 5 މެމްބަރުންގެ މައްސަލައެއް ފަނޑިޔާރު ޢަބްދުﷲ ދީދީ ފުލުހުންނަށް ހުށަހެޅުއްވިއިރު ފަނޑިޔާރު ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީގެ ބައްދަލުވުމުގައި ވޯޓް ދެއްވާފައިވަނީވެސް 5 މެމްބަރެކެވެ.

ޖޭއެސްސީގެ މެމްބަރުންތަކާ ދެކޮޅަށް ފަނޑިޔާރު ދީދީ މައްސަލަ ހުށަހަޅުއްވާފައި މިވަނީ ބަލަމުންދާ މައްސަލައަކާގުޅިގެން ޖޭއެސްސީން ދީދީ މިދިޔަ ހަފްތާގައި ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

އެ ނިންމުމަށް ޢަމަލުނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީއަމުރެއް ނެރުއްވާފައި ވީނަމަވެސް އެނިންމުން ދެމިއޮންނާނެކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. ޖޭއެސްސީން އެހެން ވިދާޅުވިނަމަވެސް ފަނޑިޔާރު ދީދީ މިއަދުވެސް މަސައްކަތަށް ނުކުންނަވާފައިވާކަން އެގިފައިވެއެވެ.

ޓެގް

ސްޕްރީމްކޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.