ޚަބަރު

ނާސްތާ ދިނުމުގެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށައިފި

ނާސްތާ ދިނުމުގެ ޕްރޮގްރާމް ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފިއެވެ. ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ދެވަނަ ޓާމް ފެށޭއިރު ނާސްތާ ޕްރޮގްރާމް ފަށާގޮތަށެވެ. ނަމަވެސް ދެވަނަ ޓާމް ފެށުނީ ރޯދަމަސް ނިމި ހަ ރޯދަ ނުނިމޭނީސް ކަމަށްވާތީ މިނިސްޓްރީން ނިންމީ އަންގާރަ ދުވަހު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާގޮތަށެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. ބާކީ ހުރި 188 ސްކޫލާއެކު މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުންފެށިގެން ދަރިވަރުންނަށް ނާސްތާދޭން މިވަނީ ފަށާފައެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނޫއެއް ވަނީ ތައްޔާރު ކޮށްފައެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ކިރު، ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close