ޚަބަރު ފުލުހުންނާ، ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީނުތައް ނިންމާލައިފި

ފުލުހުންނާ، ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީނުތައް ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންނާ، ސިފައިން ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނުތައް ނިންމާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކާމިޔާބު ކަމާއި އެކުގައި އެ ތަމްރީނުތައް މިއަދު ނިންމާފައިވާ ކަމަށެވެ. ތަމްރީނުތައް ނިންމާލީ މިއަދު ހެނދުނު 9:00ގައެވެ. މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައެވެ. އެ ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައްވެސް ވަނީ ޗެކު ކޮށްފައެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ސިފައިން ވަނީ ހަތިޔާރާއި އެކު މާލޭގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވެފައެވެ. މިދިޔަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައެވެ.

ފުލުހުން ވިދާޅުވީ ސަލާމަތީ ބާރުތައް ގުޅިގެން ހިންގާފައިވާ ފަރިތަކުރުންތަކުގެ މަޤްޞަދަކީ ކުއްލި ޙާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި “މަލްޓި އޭޖެންސީ ކޯރޑިނޭޝަން” ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އަދި އެއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރިއޯރިޓީއެއް ކަމުގައިވާ “އޮޕަރޭޝަނަލް ރެޑީނެސް” ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޓެގް

ސިފައިން ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.