ޚަބަރު ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކަކީ ޚާއްސަ މައުލޫމާތެއް ލިބިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން – ޒަކަރިއްޔާ މަންސޫރު

ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކަކީ ޚާއްސަ މައުލޫމާތެއް ލިބިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން – ޒަކަރިއްޔާ މަންސޫރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކަކީ ޚާއްސަ މައުލޫމާތެއް ލިބިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަމަށާއި، މި ތަމްރީނުތަކުގެ ބޭނުމަކީ ހާދިސާއެއް ދިމާވުމުގެ ކުރިން ދުރާލާ ތައްޔާރުވެ ތިބުންކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިލްތިމާސްކުރައްވަފިއެވެ.

މިހާރު ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަމްރީނުތަކާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ސަލާމަތީ ބާރުތަކުން ގުޅިގެން ކުރިއަށްގެންދާ ތަމްރީނަކީ ފެށުމުގެ ކުރިން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާ ތަމްރީނުތަކެއް ކަމަށެވެ.

އަދި ރާއްޖެ އޮތް ސަރަޙައްދުގައި ހިނގާ ކަންކަމަށް ދިވެހިން ލޯހުޅުވައިގެން ތިބެންޖެހޭކަމަށާއި ދިމާވެދާނެ ކޮންމެ ފަދަ ކަމަކަށް ތައްޔާރަށް އޮތުމަކީ ސަލާމަތީ ބާރުތަކުގެ މިހާރުގެ ވިސްނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ޓެރަރިޒަމްގެ ހުރިހާ އަމަލަކީ ދުރާލައި އެނގިގެން ހިނގާކަންކަން ނޫންކަމަށާ، ނަމަވެސް ރައްޔިތުންނަށް ނުރައްކާވާފަދަ އެއްވެސް ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ސިއްރުނުކޮށް ރައްޔިތުންނަށް އަންގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުންވަނީ މިމަހުގެ ކުރީކޮޅުވެސް ގުޅިގެން ފަރިތަކުރުންތަކެއް ކުރިއަށްގެންގޮސްފައެވެ. އެތަމްރީނުތަކުގައިވަނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަތިޔާރުވެސް ބޭނުންކޮށްފައެވެ.

ޓެގް

ސިފައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.