ޚަބަރު އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހްނިޔާ ވިދާޅުވެއްޖެ

އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހްނިޔާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. އޮސްޓްރޭލިޔާގެ ބޮޑުވާޒިރަށް ރައީސް ތަހްނިޔާ ވިދާޅުވީ އެޤައުމުގެ ފެޑެރަލް އިލެކްޝަން ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އޮސްޓްރޭލިއަން ލިބަރޓީ ޕާޓީއަށް ވަނީ ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި، އޮސްޓްރޭލިޔާގެ ވަރުގަދަ ޑިމޮކްރަސީގެ ސަގާފަތް އެގޮތުގައި ދެމެހެއްޓުމުގައި ރައްޔިތުން ބޭނުންވާ ގޮތް ނިންމަވައިފި ކަމަށާއި، އެ ކާމިޔާބީގެ ފަހަތުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ގެ ވެރިކަން ހިންގެވުމުގެ ޤާބިލުކަން ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް، އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށާއި، އޮސްޓްރޭލިޔާގެ އާ ސަރުކާރާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޓެގް

އޮސްޓްރޭލިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.