ޚަބަރު މެމްބަރުންނަށް އިނާޔަތް ދިނުމާ ދެކޮޅު – ކުރީގެ ދިފާޢީ ވަޒީރު

މެމްބަރުންނަށް އިނާޔަތް ދިނުމާ ދެކޮޅު – ކުރީގެ ދިފާޢީ ވަޒީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޖިލިސް މެމްބަރުކަން ކުރެއްވުމަށްފަހު މެމްބަރުކަން ގެއްލޭ ފަރާތްތަކަށް ބޮޑެތި އިނާޔާތްތަކެއް ދައުލަތުން ލިބެންޖެހޭގޮތަށް ފާސްކުރުމާ ދެކޮޅުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޕީއެންސީގެ ވަގުތީ ނައިބްރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖްލިސްގެ މަޑުވައްރީދާއިރާގެ ގޮނޑި ކާމިޔާކުރައްވާފައިވާ އާދަމް ޝަރީފް ޢުމަރު ރޭ ޓީވީއެމް ރާއްޖޭމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖްލިސް މެމްބަރެއްވިޔަސް ރައީސުންވިޔަސް އަދި ނައިބްރައީސުންވިޔަސް އެ ފަރާތެއްގެ ޚިދުމަތް ޤައުމަށް ލިބުން ހުއްޓުމަށްފަހު އެފަދަ އިނާޔާތްތަކަކާއި، އިމްތިޔާޒު ތަކެއް ނެންގެވުމަކީ އޭނާ ޤަބޫލުކުރައްވާ ކަމެއްނޫންކަމަށެވެ.

މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ބޮޑެތި އިނާޔަތު ތަކެއް ދިނުމަށް ބިލެއްފާސްކުރަން ހުށަހަޅާފައިވަނިކޮށް ހަމަ އެފަދަ ބޮޑެތި އިނާޔަތުތަކެއް ފަނޑިޔާރުކަން ކުރެއްވުމަށްފަހު މަގާމުން ވަކިވާ ކޮންމެ ބޭފުޅަކަށްވެސް ދައުލަތުގެ ފަރާތުން ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އާދަމް ޝަރީފް ވިދާޅުވީ ދުނިޔޭގެ އެހެން ބޮޑެތި ބައެއް ޤައުމުތަކުގައި އެފަދަ އިނާޔަތްތަކެއް ދިންނަމަވެސް އެއީ ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނަކީވެސް ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު އަބަދާއި އަބަދު ސެކިއުރިޓީންނާއި، އެފަދަ ބައެއް ޚިދުމަތް ދައުލަތުން ދެއްވި ބޭފުޅެއްކަމަށާއި، ނަމަވެސް މަޤާމު ގެއްލުމާއި، ހިސާބުން އާދައިގެ ރައްޔިތެއްގެ ދިރިއުޅުމަށް އެމަނިކުފާނު ބަދަލުވީކަމުގައެވެ.

އަދި އެފަދަ އިނާޔަތް ތަކެއް ހޯދުމަށް އެއްވެސް އިރެއްގައި އުންމީދު ނުކުރައްވާނެކަމަށް ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސްގައިވެސް އެމަނިކުފާނު ވޯޓްދެއްވާނީ އެ ބިލާ ދެކޮޅަށް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވާކަމަށްވެސް ރޭގެ ޕްރޮގްރާމްގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓެގް

އާދަމް ޝަރީފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.