ޚަބަރު ރައްޔިތުންގެ ބިން އަނބުރާ ރައްޔިތުންނަށް ވިއްކުމަކީ، ވެން މަސް ވެނަށް ކާންދިނުން – ސިޔާމް

ރައްޔިތުންގެ ބިން އަނބުރާ ރައްޔިތުންނަށް ވިއްކުމަކީ، ވެން މަސް ވެނަށް ކާންދިނުން – ސިޔާމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގެދުރުވެރިކަމަކީ އަސާސީ ހައްގެއްކަމަށާއި، ރައްޔިތުންގެ ބިމުން ވިޔަފާރީކޮށް އެބިން އަލުން އަނބުރާ ރައްޔިތުންނަށް ވިއްކުމަކީ، ވެން މަސް ވެނަށް ކާންދިނުން ކަމުގައި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ

ކޮންމެ ދިވެހި ރައްޔިތަކަށް ސަރުކާރުން ހިލޭ ބިމެއް ދޭން ޖެހޭ ކަމަށް ވިދާޅުވަމުން މާފަންނު ހުޅަނގު ދާއިރާއަށް އެމްޑީއޭގެ ޓިކެޓްގައިމ ވާދަކުރައްވާ އައިޝަތު ރަފިއްޔާގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަމުން ސިޔާމް އިތުރަށް ވިދާޅުވީ، މީގެ ކުރިން މީހަކާ އިނދެ ޒަވާޖީ ހަޔާތެއް ފަށާއިރު އަމިއްލަ ގޯޗެއް ނުވަތަ ގެއެއް ލިބޭ ކަމަށާއި ނަމަވެސް މިހާރު އެކަންތައް އެގޮތަށް ނުވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެން ގަބޫލު ކުރަނީ ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ ބިމެއް ލިބެން ޖެހޭނެ ކަމަށް،”

“އެހެންވީމާ ޒުވާނުން ދެރަ ނުވޭ. ކޮންމެ ޒުވާނަކަށް ގެދޮރު ލިބޭނެ އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެބީދައިން،”

ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ކެމްޕެއިން ކުރާ ފަދައިން މަޖިލީހަށް ހޮވުމަށް ފަހު ރައްޔިތުންގެ ހާލު ބަލަން ޖެހޭނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

“ރައްޔިތުންނަށް ކަމެއް ދިމާވާ އިރު އޭނާ ހުންނަން ޖެހޭނެ ކައިރީގައި. ރައްޔިތުންނެއް ނޫން އޭނާ ކައިރިއަށް ދާން ޖެހޭނީކީ އެއް،” ސިޔާމް ވިދާޅުވި އެވެ.

ޓެގް

ސަންސިޔާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.