ބަނގުރާ ކައްކައި އޭގެ ވިޔަފާރި ކުރަމުންދިޔަ 8 ބިދޭސީއަކު މާލޭގެ ގެއަކުން ރޭ ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެމީހުން އަތުލައިގެންފައިވަނީ މައްޗަށްގޮޅީގެ ގެއަކުންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ، އެގޭގައި އުޅޭ ބިދޭސީ ބަޔަކު “ބަނގުރާ އުފައްދައި، ބަނގުރާގެ ވިޔާފާރި ފުޅާދާއިރާއެއްގައިކޮށް އަދި ބަނގުރާ ބޭނުންކުރާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި އޮޕަރޭޝަނުގައި އެގެއިން ވަނީ 500 އެމްއެލްގެ 888 އަށް ބަނގުރާ ފުޅިއާއި، 5 ލިޓަރުގެ 6 ފުޅިއާއި، 14 ޓައްޕު ހޯދައިފައެވެ. މި މައްސަލާގައި ބަންދުކޮށްފައިވަނީ 21 އަހަރާއި، 33 އަހަރާ ދެމެދުގެ 8 ބިދޭސީންނެވެ. އެމީހުނަކީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ.
ފުލުހުން މިހާރު ގެންދަނީ އެމައްސަލަ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...