ޚަބަރު ބަސްދިރުވާ އާލާކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައި އޮތް ޤައުމީ ވާޖިބެއް – ރައީސް

ބަސްދިރުވާ އާލާކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައި އޮތް ޤައުމީ ވާޖިބެއް – ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަސްދިރުވާ އާލާކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައި އޮތް ޤައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާދަރީ ބަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރައީސް ވިދަޅުވީ ދިވެހި ބަހުގެ ޤާނޫނެއް އޮންނައިރު އެޤާނޫނު ތަންފީޒުކުރުމަކީ ބަސް ދިރުވާ އާލާކުރުމަށް ކުރެވިދާނެ މުހިއްމު މަސައްކަތެއްކަމަށެވެ.

ބަސްކުރިއެރުވުމަށް ދިވެހި ބަހުގެ އެކަޑަމީން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ބަހުގެ ދިރާސާތައް ކުރައްވާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތުތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބަހުގެ އެކަޑަމީން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ފަދައިން ދިވެހި ބަހާއިމެދު ވެސް ކޮންމެ ދިވެއްސަކު ފަޚުރުވެރިވާންޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ. ރައިސްވަނީ ދިވެހިބަސް ބޭނުންކުރައްވާ ފަރާތްތަކުން ބަހުގެ ހަމަތަކާއެކު ބަސްބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ ” ތަރައްޤީއަށާއި އަމަންއަމާންކަން ޤާއިމުކުރުމަށާއި ޞުލްޙައަށްޓަކައި ވެހި ބަސްބަސް ވަރަށް މުހިއްމު.”މި ޝިޢާރެވެ. ބައިނަލްއަޤުވާމީގޮތުން މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1999 އަހަރުގައެވެ.

ޓެގް

މާދަރީބަހުގެދުވަސް ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.