ޚަބަރު ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާގުޅޭ އުޞޫލު އުވާލާއިފި

ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާގުޅޭ އުޞޫލު އުވާލާއިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2017 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާ “ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުޞޫލަށް” ޢަމަލުކުރުން ހުއްޓާލާ އެއުސޫލު ބާލިކޮށްފިއެވެ.

08 މާރޗް 2017 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައިވާ “ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުޞޫލު” އަށް، ޢަމަލުކުރުން ނިމުމަކަށް ގެނެސް މިއަދުން ފެށިގެން މި އުޞޫލު ބާޠިލުކޮށްފައިވާކަން ހޯމް މިނިސްޓްރީން އާންމުކޮށް އަންގާނެރުއްވާފައިވާ އިޢުލާން ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައެވެ.

2017 ވަނަ އަހަރު އޭރުގެ ސަރުކާރުން އާންމުކުރި ދިވެހި ޤައުމީ ދިދަ ބޭނުންކުރުމާގުޅޭ އުސޫލަކީ ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށްޓަކައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތާއި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާ އުސޫލެކެވެ.

އެގޮތުން މި އުޞޫލުގައި ދިދައިގެ ސިފަތަކާއި ކުލަތަކާއި މިންތަކާއި ދިދަ ބޭނުންކުރަންޖެހޭ ހަމަތައް ސާފުކޮށް ބަޔާންކުރައްވާފައިވާއިރު ދިދަ އާންމުކޮށް ނަގާފައި ބެހެއްޓޭނެ ތަންތަނާއި ވަގުތާއި ޙާލަތާއި އަދި ޚާއްޞަ މުނާސަބަތުތަކުގައި ދިދަ ބޭނުންކުރެވޭނެ ގޮތްތައްވެސް ބަޔާންކުރައްވާފައިވެއެވެ.

ޓެގް

ހޯމް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.