ޚަބަރު ޒަކާތު ފަންޑުން އެހީ ހޯދުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޒަކާތު ފަންޑުން އެހީ ހޯދުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ފަންޑުތަކުގެ އޮޑިޓް މަސައްކަތްކުރުމަށްޓަކާ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޒަކާތު ފަންޑުން އެހީ ހޯދުމަށް ހުށައަޅާ ފޯމުތައް ބަލައިގަތުން މެދުކަނޑާލާފައި އޮތުމަށްފަހު އިއްޔެއިން ފެށިގެން ފޯމުތައް ބަލައިގަންނަން އެ މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު އެކެއްޖެހުމާއި ހަމައަށް ފޯމުތައް ބަލައިގަންނާނެކަމަށެވެ.

ޒަކާތު ފަންޑުން އެހީ ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަލުން ހުޅުވާލާފައިވާއިރު ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށާއި މަތީ ތަޢުލީމު ޙާސިލުކުރުން ފަދަ މުހިއްމު ކަންކަމަށް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޓެގް

ޒަކާތުފަންޑު އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.