ޚަބަރު ޑިފެންސް މިނިސްޓަރ މާރިޔާ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

ޑިފެންސް މިނިސްޓަރ މާރިޔާ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެންމެފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މަޖްލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ނިންމަވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެޤައުމުގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ދަރުވާން ފަށާފައެވެ. އަދި ބައެއް ނޫސްތަކުގައިވެސް އެޚަބަރު އެގޮތަށް ވަނީ ޝާއިޢު ކޮށްފައެވެ. އެކަމާގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އެކަމަނާއަށް ވަނީ އަމާޒުވެފައެވެ.

އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާކަމަށް މީޑިއާގައި ތުހުމަތުކުރެވުނެވެ. އަދި އެ ޤައުމުގެ ރާޑަރުތައް ރާއްޖޭގައި ހަރުކުރުމަށް އެއްބަސްވެފައިވާކަމަށްވެސް ތުހުމަތުކުރިއެވެ.

މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ.

ޑިފެންސް މިނިސްޓްރީން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި އެއްޗެއް އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާކަމަށެވެ.

މިނިސްޓަރ މާރިޔާ މަޖްލީހަށް ހާޒިރުކުރާނީ ކޮންދުވަހަކު ކަމެއް އަދި މަޖްލީހަކުން ނުނިންމައެވެ.

ޓެގް

ޑިފެންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.