ޚަބަރު ދަސްވާރާއި، ބީޓެކްގައި ހުރިހާ ކުދިން ބައިވެރިކުރަނީ

ދަސްވާރާއި، ބީޓެކްގައި ހުރިހާ ކުދިން ބައިވެރިކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަސްވާރާއި ބީޓެކަކީ ރަނގަޅު ނަތީޖާ ނުނެރެވޭ ދަރިވަރުންނަށް އޮތް ތަޢުލީމީ މަގުކަމަށް ދެކޭ ދެކުން ބަދަލުކޮށް ބީޓެކާއި ދަސްވާރު ޕްރޮގްރާމްގެ މާއްދާތަކަކީ ހުރިހާ ދަރިވަރުންނަށްވެސް ފޯރުކޮށްދެވޭ ޢިލްމަކަށް ހައްދަވާނެކަމަށް އެޑިކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

2018 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުންކަމަށާއި، ދަރިވަރުންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުންކަމަށެވެ.

“ވަށާޖެހޭ ތަޢުލީމެއް ފޯރިކޮށްދޭއިރު ބީޓެކް އާއި ދަސްވާރަކީ ވަކި ކުދިންތަކަކަށް އޮންނަ ޢިލަމްކަށް ވެގެން ނުވާނެ. އެހެންކަމުން އަޅުގަނޑުމެން 2020 ވަނަ އަހަރު މި ޢިލްމު ހުރިހާ ދާރިވަރުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ. އެގޮތުން މި ނަމުގައި ނޫންކަމުގައިވިޔަސް އަޅުގަނޑުމެން މި ޢިލްމު ފޯރުކޮށްދޭނެ ގޮތްއް ފައްކާކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދަން.” ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އައު މަންހަޖު ތަންފީޒުކުރުމަށް ގިނަ ފޯރަމްތަކެއް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

އެގޮތުން އަންނަ މަހުގެ 16 އިން 17 އަށް ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ފުރަތަމަ ސެމިނަރ ބޭއްވުމަށް ނިންމާފައިވާއިރު، އަންނަ މަހުގެ ތެރޭގައި ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމްއާއި ރީޖަނަލް ސިމްޕޯޒިއަމްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނެޝަނަލް ކަރިކިއުލަމް ސިމްޕޯސިއަމް އަންނަ ފެބްރުއަރީ މަހުގެ 23-24 ހަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އޭގެ ކުރިން މާލެ ސިޓީ އާއި، އައްޑޫ ސިޓީ އާއި ހދ ކުޅުދުއްފުށީގައި ރީޖަނަލް ސިމްޕޯޒިއަމްތައް ބާއްވަން ނިންމާފައިވާކަންވެސް އެޑިއެކޭޝަން މިނިސްޓްރީއިން ވަނީ ހާމަކުރެއެވެ.

ޓެގް

އެޑިޔުކޭޝަންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.