ޕްލެނެޓް ޑައިވް ހޮލިޑޭސްއިން އެކުލަވާލާފައިވާ މިއަހަރުގެ އެންމެ ކަމުދާ ޑައިވް މަންޒިލްތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
ރާއްޖޭގެ އިތުރުން މޮރިޝަސް، އޮމާން އަދި ގޯޒޯ ފަދަ މަންޒިލުތައްވެސް މިލިސްޓްގައި ހިމަނާފައިވެއެވެ.
މިލިސްޓަކީ ޑައިވް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއި އެކު ޑައިވްކުރެވޭނެ މަންޒިލްތައް ދުނިޔެއިން ހޮވާލާ އެކުލަވާލާ ލިސްޓެކެވެ.
ޑައިވިން ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަ އިނގިރޭސިވިލާތުގެ ޓްރެވަލް ކުންފުންޏެއް ކަމަށްވާ ޕްލެނެޓް ޑައިވް ހޮލިޑޭސްއިން އެކުލަވާލާފައިވާ މިއަހަރުގެ އެންމެ ކަމުދާ ޑައިވް މަންޒިލްތަކުގެ ލިސްޓުގައި މީގެ ކުރީ އަހަރުތަކެއްގައިވެސް ރާއްޖެ ހިމަނާފައިވެއެވެ.
ޕްލެނެޓް ޑައިވް ހޮލިޑޭސްއިން ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ ރާއްޖެއަކީ ޑައިވް ކުރުމަށް ޝައުގުވެރިވާ މީހުން އަބަދުވެސް ދިއުމަށް ޝައުގުވެރިވާ ޑައިވް މަންޒިލްތަކުގެ ލިސްޓުގައި ހިމެނޭ ޤައުމެއްކަމަށެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ޑައިވް ޕޮއިންޓްތަކަކީ އަބަދުވެސް ފާހަގަކޮށްލެވޭ ތަންތަނެވެ. އެތަންތަނަށް ޑައިވްކުރުމަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކުވެސް އިތުރުވަމުން އަންނަކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...