ޚަބަރު އައު އަހަރާއިއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އާ އުންމީދުތަކެއް – މިނިސްޓްރީ

އައު އަހަރާއިއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އާ އުންމީދުތަކެއް – މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައު އަހަރާއިއެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އައު އުއްމީދުތަކެއް މިނިސްޓްރީން ގެންގުޅޭކަމަށާއި،  އެގޮތުން މިއަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކަށް އަމަލީ ސިފަ ގެނެސް މިދާއިރާއަށް މުހިއްމު ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދަޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތް ރަސްމީކޮށް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިހިނގާ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނައުންކަމަށެވެ. އަދި އައު އަހަރާއެކު މިދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރައްވާނެކަމަށެވެ.

އެމަސައްކަތުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއިއެކު އެކިކަންކަމުގައި މިހާރުވެސް މަޝްވަރާބައްދަލުވުންތައް ބާއްވަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.          

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ ގޮތުން ބައިނަލްއަޤްވާމީ މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މިއަހަރު ވަނީ 3 ގުނަ ބޮޑު ބަޖެޓެއް ކަނޑައަޅާފައެވެ.

މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ، 154.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ޓެގް

ޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.