ޚަބަރު

ގެސްޓް ހައުސް މަހާސިންތާ މާދަމާ ފަށަނީ

ގެސްޓް ހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް، މިދާއިރާގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި ބާއްވާ ގެސްޓްހައުސް މަހާސިންތާ މާދަމާ ފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީންބުނެފިއެވެ.

ދަރުބާރުގޭގައި މާދަމާ ހެނދުނު ފަށާ ގެސްޓް ހައުސް މަހާސިންތާގައި، ގެސްޓް ހައުސްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް މަޝްވަރާކުރާނެއެވެ.

އޭގެތެރޭގައި ގެސްޓްހައުސް މާކެޓްކޮށް ޕްރޮމޯޓްކުރުމާއި ގެސްޓްހައުސްތަކުން ލިބޭ އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާއާއި، ގެސްޓްހައުސް ހިންގުމުގައި ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމާއި، ގެސްޓްހައުސް ހިންގުމުގެ ޤާނޫނީ އޮނިގަނޑަށް ގެސްޓްހައުސް ހިންގާ ފަރާތްތައް އަހުލުވެރިކުރުވުން ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މަދާމަ ގެސްޓް ހައުސް މަހާސިންތާ ފަށާއިރު، މިއަހަރުގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ “ޓުވަރޑްސް ސަސްޓެއިނަބަލް ޓުއަރިޒަމް” ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަމަކާ ދިމާލަށް، މިޝިޢާރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަހާސިންތާގެ ޝިޢާރު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަކަށް ހުޅުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ ފަތުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި އަތޮޅުތަކާއި، ރަށްތައް އަދި ކައުންސިލްތަކަށްވެސް ބާރުތައް ދީގެން ކުރިޔަށް ދިއުމާއި، ރާއްޖެއަކީ ހުރިހާ ބާވަތެއްގެ ފަތުރުވެރިކަންވެސް ކުރާ ޤައުމެއްގެ ގޮތުގައި ކުރިއެރުވުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޤައުމީ ފެންވަރުގައި ބާއްވާ ގެސްޓް ހައުސްތަކުގެ މަހާސިންތާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ތިރީސް ދުވަހުގެ ތެރޭގައި ކުރުމަށް ނިންމަން ވަޢުދުވެފައިވާ ވަޢުދުތަކުގެ ތެރެއިން ވަޢުދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close