ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ޕައިލެޓުން ތަމްރީނުކުރުމުގެ ރަސްމީ ހުއްދަ (އޭޓީއޯ 017)، ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފިއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މި ހުއްދަ ދޫކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މި ހުއްދައިގެ އިތުރުން، އޭސީސީގައި ބޭނުންކުރާ މަލްޓި އެންޖިން ފްލައިޓް ސިމިއުލޭޓަރަކީ ރާއްޖޭގެ މިންގަނޑުތަކަށް ފެތޭ ވަސީލަތެއް ކަމަށް ކަނޑައަޅައި، އެކަމުގެ ކޮލިފިކޭޝަން ސެޓްފިކެޓްވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ. މިއާއެކު ރާއްޖެއިން ޤަބޫލުކުރާ ފެންވަރުގެ ޕައިލެޓް ޓްރެއިނިންގ އެ މަރުކަޒުގައި ފުރިހަމަކުރުމުގެ ދޮރު ދިވެހި ދަރިވަރުންނަށް ހުޅވިގެންދާނެއެވެ.
ރާއްޖެއިން ބޭރުގެ މަރުކަޒުތަކަށް މިފަދަ ހުއްދަތައް ދެމުން އަންނައިރު، ރާއްޖޭގެ އައްޑޫ ސިޓީ ގަމުގައި ހިންގާ ޒެނިތު އޭވިއޭޝަން އެކަޑެމީ މެދުވެރިކޮށްވެސް މިހާރު ދަނީ ދިވެހި ޒުވާނުންނަށް ޕައިލެޓްކަމުގެ ތަމްރީނުތައް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...