ޚަބަރު މަތީ ސާނަވީ އިމްތިޙާނު ފަށާއިރު ދަރިވަރުންނަށް ރައީސް މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފި

މަތީ ސާނަވީ އިމްތިޙާނު ފަށާއިރު ދަރިވަރުންނަށް ރައީސް މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފި

މަތީ ސާނަވީ އިމްތިޙާނު ފަށާއިރު ދަރިވަރުންނަށް ރައީސް މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި ސްކޫލްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެޔޮއެދުންތަކާއެކު ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފިއެވެ.

އިޖުތިމާއީ މީޑިއާގެ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަތީ ސާނަވީ އިމްތިޙާނަކީ ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމަށާއި، ޚާއްޞަކޮށް މަތީ ތަޢުލީމު ހާސިލުކުރާނެ ދާއިރާއެއް އިޚްތިޔާރުކޮށް ކުރިއަށް ދިއުމުގައި ނުހަނު މުހިންމު މަރުޙަލާއެއް ކަމަށެވެ.

އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ މާތްﷲގެ އިރާދަފުޅާއެކު ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަލާނގެ ހެޔޮ ރަޙްމަތްފުޅާއެކު، އިމްތިޙާނުގެ ސުވާލުތަކަށް ފަސޭހަކަމާއެކު މޮޅަށް ޖަވާބުދީ، މުޅި ޤައުމު ފަޚުރުވެރިވާފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުން ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޭލެވަލް އަދި އެޗްއެސްސީ އިމްތިޙާނު ކުރިއަށްދާއިރު، މިއީ ދަރިވަރުންގެ ޢިލްމީ ޙަޔާތުގައި ކުރިމަތިވާ އެންމެ ނިންމުންތެރި އެއް އިމްތިޙާނެވެ. މިއަހަރުގެ އިމްތިޙާނުގައިވެސް ރާއްޖޭގެ ގިނަ ސްކޫލްތަކަކުން ސަތޭކަ އިންސައްތަ ދަރިވަރުން ބައިވެރިވެ، ތަޢުލީމީ މައިދާނުގައި އައު ކާމިޔާބީތަކެއް ހާސިލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން، އިމްތިޙާނުގެ މި ދުވަސްވަރަކީ ދަރިވަރުންގެ އިތުރުން މުޅި ޢާއިލާއާއި މުދައްރިސުންގެވެސް ބުރަ މަސައްކަތް އެކުލެވިގެންވާ ދަނޑިވަޅަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުން ދޭހަވަނީ ދަރިވަރުން ކުރާ ހިތްވަރަށް ސަރުކާރާއި މުޅި މުޖުތަމަޢުން ދޭ ސަމާލުކަމާއި ދެވޭ ހިތްވަރެވެ.

ޓެގް

ސާނަވީ ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.