ޚަބަރު މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ހާއްސަ މޮނިޓަރިން ސެންޓަރެއް އުފައްދަނީ

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ހާއްސަ މޮނިޓަރިން ސެންޓަރެއް އުފައްދަނީ

މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން ހާއްސަ މޮނިޓަރިން ސެންޓަރެއް އުފައްދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދު ފަހަރުގެ ބާރުބޮޑުވެ، ޓްރެފިކްގެ ދަތިތައް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މި މަޝްރޫޢަކީ މުޅި ސަރުކާރު އެކުގައި ބައިވެރިވެގެން ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ވިޝަންގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ވިޝަން ހަޤީގަތަކަށް ހެދުމުގެ ގޮތުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ފެށިގެންދާނެއެވެ. ޚާއްސަކޮށް ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މިއަހަރުގެ ތެރޭގައި މާލޭގެ ބާކީ ހުރި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، މި ބަދަލާއެކު ޓްރެފިކްގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި މުޅި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއެއްގެ ގޮތުގައި ކަނޑައެޅުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ ޒޯންއެއް ޤާއިމުކުރުމުގެ މަޤްސަދަކީ އުޅަނދުތައް ރަޖިސްޓްރީ ކުރުން މަނާކުރުން ނޫން ކަމަށާއި، އެކަން ވަކި ހަމަތަކަކާއި އިންތިޒާމުތަކެއްގެ ދަށުން ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.

ޓެގް

މިނިސްޓަރ ސައީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.