ޚަބަރު ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން މަގާމުން ދުރުކޮށްފި

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން މަގާމުން ދުރުކޮށްފި

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން މަގާމުން ދުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތުގެ ދަށުން، މިހާތަނަށް ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި 205 ބޭފުޅަކު ވަޒީފާއިން ވަކިކޮށްފައިވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، މަގާމުތަކުން ދުރުކުރި ފަރާތްތަކުގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށެވެ.

ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތަކީ އަދި މުޅިން ނިމިފައިވާ ކަމެއް ނޫންކަމަށް މުންދު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާނެތީ، ވަޒީފާއިން ވަކިކުރާ މީހުންގެ ޖުމްލަ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު މަދުކޮށް، ކުންފުނިތައް “ރައިޓްސައިޒް” ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މުންދު ވިދާޅުވި ގޮތުގައި ހުރިހާ އެސްއޯއީތަކެއްގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، މި ސަރުކާރުން އަލަށް ވަޒީފާ ދިން މީހުންގެ އަދަދަށްވުރެ ވަޒީފާއިން ވަކިކުރެވޭ މީހުންގެ ނިސްބަތް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

ޓެގް

ތަރުޖަމާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.