ޚަބަރު ހުޅުމާލެ 2 ގެ އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ ބައްޕަ އައިސީޔޫގައި

ހުޅުމާލެ 2 ގެ އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ ބައްޕަ އައިސީޔޫގައި

ހުޅުމާލެ 2 ގެ އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ ބައްޕަ އައިސީޔޫގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލަކުން ދަތުރުކުރި ބައްޕައަކާއި އޭނާގެ ދަރިފުޅަށް އަނިޔާވެ، އޭގެ ތެރެއިން ބައްޕަގެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރުއަނގޮޅި ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުންގެ އިދާރާއަށް މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 7:44 ހާއިރު އެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވި އުމުރުން 62 އަހަރުގެ ބައްޕައަށާއި އޭނާގެ ފަހަތުގައި އިން 24 އަހަރުގެ ފިރިހެން ދަރިފުޅަށެވެ. އެ ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުން އަންނައިރު، 62 އަހަރުގެ މީހާއަށް ލިބުނު އަނިޔާތައް ސީރިއަސްވުމުން ފަރުވާ ދެނީ އައިސީޔޫގަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ހަތެއް ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެހެން އެކްސިޑެންޓެއްގައި އަނިޔާވި 9 އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ މިއަދު ނިޔާވެފަ އެވެ.

އެ ހާދިސާގައި ނިޔާވެފައިވަނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދެވެ. ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ މަގުމަތީގައި އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހިގެންނެވެ.

ޓެގް

އެކްސިޑެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.