ޚަބަރު ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް ވަގުތީ ބަދަލުތަކެއް: މުއްދަތު ހިލޭ އިތުރުކޮށް، ކުރު ދަތުރުތަކަށް ޚާއްޞަ ޕާސްޕޯޓެއް

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް ވަގުތީ ބަދަލުތަކެއް: މުއްދަތު ހިލޭ އިތުރުކޮށް، ކުރު ދަތުރުތަކަށް ޚާއްޞަ ޕާސްޕޯޓެއް

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް ވަގުތީ ބަދަލުތަކެއް: މުއްދަތު ހިލޭ އިތުރުކޮށް، ކުރު ދަތުރުތަކަށް ޚާއްޞަ ޕާސްޕޯޓެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާސްޕޯޓު ފޮތްތައް ފޯރުކޮށްދިނުމުގައި ކުރިމަތިވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ސްޓޮކް ހަމަޖައްސަން، މިހާރު ގެންގުޅޭ ޕާސްޕޯޓުގެ މުއްދަތު އެއްވެސް އަގަކާ ނުލައި އިތުރުކޮށްދިނުމަށާއި ކުރު މުއްދަތުގެ ދަތުރުތަކަށް ޚާއްޞަ އިމަޖެންސީ ޕާސްޕޯޓު ހިލޭ ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

މި ނިންމުމާ އެކު، ރާއްޖޭގައި ތިބެގެން ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ފޮތެއް ޕްރިންޓްކުރުމުގެ ބަދަލުގައި، މިހާރު އޮތް ޕާސްޕޯޓުގެ މުއްދަތު އެއްވެސް ފީއަކާ ނުލައި 2027 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދޭނެއެވެ.

އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އަވަށްޓެރި އިންޑިއާ ނުވަތަ ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު ދަތުރުތައް ކުރަން ބޭނުންވާ ފަރާތްތަކަށް، ބައިނަލްއަޤްވާމީ އުސޫލުތަކަށް ފެތޭ އެއް އަހަރުގެ މުއްދަތު ހަމަވާ 8 ސަފުހާގެ މެޝިން ރީޑަބަލް އިމަޖެންސީ ޕާސްޕޯޓެއް އެއްވެސް އަގަކާ ނުލައި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިފަދަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވީ، 2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޕާސްޕޯޓު ފޯރުކޮށްދެމުން އަންނަ ޖަރުމަނުގެ ކުންފުނީގެ މެޝިނަރީތަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ރާއްޖެއަށް އައު ސްޓޮކް ފޮނުވުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލަސްވުމާ ގުޅިގެންނެވެ.

ޕާސްޕޯޓު ލިބުމުގައި ދަތިތަކެއް ހުރުމުން، މީގެ ކުރިން މެއި މަހުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ 5 އަހަރުގެ މުއްދަތު އޮންނަ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ފަދަ ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ.

އުސޫލުތަކަށް މި ބަދަލުތައް ގެނައި ނަމަވެސް އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގައި ހުރަހެއް ނާޅާނެ ކަމަށާއި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ޓެގް

ޕާސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.