ޚަބަރު

ހަފްތާ 14 ގެ ޕްލޭނުގައި ހިމެނޭ އިހަވަންދިއްޕޮޅު މަޝްރޫޢުގެ ބައެއް އިޢުލާނުކުރަނީ

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ޕްލޭންގައި ހިމެނޭ އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓާއި، މާލޭ ކޮމާޝަލް ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިކަން އިޢުލާނުކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އެކުސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މިނިސްޓަރ ސައީދު ވިދާޅުވީ ލ.ގާދޫ ކައިރީގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓާއި، ޕޯޓުގެ ލޮޖިސްޓިކް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އަދި މާލޭ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިަކަމަށް ވަޑައިގެން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ކަނަދައާލުވާފައިވަ ކަންތައްތަކުގެ ލިސްޓްގައި (ހަފްތާ 14ގެ ޕްލޭން ) ގައި ‘ބަންކަރިން’ ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން ހިމެނެއެވެ. އަދި މިމަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްތަރ ސައީދުވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިހަވަންދިއްޕޮޅު މަޝްރޫޢު ފެއްޓިއިރުވެސް އިކޮނޮމިކް މިނސްޓަރެއްގެ ގޮތުގައި ހުންނެވީ މިހާރުގެ ވެސް މިނިސްޓަރ މުހައްމަދު ސައީދެވެ. ރައީސް ޔަމީންގެ ދަޢުރުގައި އިހަވަންދިއްޕޮޅުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ނަމަވެސް ނިމިދިޔަ އިބުރާޙިމް ޞާލިހްގެ ސަރުކާރުގައި މި މަޝްރޫޢު އޮތީ ހުއްޓާލެވިފައެވެ.

ރައީސް ޔާމީންގެ ދަޢުރުގައި ޕްލޭން ކުރެވިފައިވާ ގޮތުން އިހަވަންދިއްޕޮޅު މަޝްރޫޢުގައި އޮތީ، ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު ތަރައްޤީ ކުރެއްވުމެވެ.

މި މަސައްކަތްތަކުގެ އިތުރުން ހަފްތާ 14 ގައި ހިމެނޭ މަޝްރޫޢުތައް ފެށުމަށް މި ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close