މެސީގެ ހިތްވަރާއެކު މެކްސިކޯ ބަލިކޮށް އާޖެންޓީނާއިން އުންމީދު އާކޮށްފި
ފީފާ 2022 ވޯލްޑްކަޕްގައި ރޭ ކުޅުމެޗްގައި މެސީގެ ހިތްވަރާއެކު މެކްސިކޯ ބަލިކޮށް އާޖެންޓީނާއިން އުންމީދު އާކޮށްފިއެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗަށް ނުކުތްއިރު މި މެޗުގައި މަދުވެގެން ޕޮއިންޓެއް ހޯދަން އާޖެންޓީނާއަށް މަޖުބޫރެވެ. މެޗުން ބަލިވި ނަމަ އާޖެންޓީނާ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު އެއްކޮށް ބަންދުވީހެވެ.
ނާޒުކު ހާލަތެއްގައި އޮތް އާޖެންޓީނާއަށް އުންމީދުގެ ހުޅުކޮޅެއް މެސީ ދިއްލާލަދިން މެޗުގައި އެޓީމުން މެކްސިކޯގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެޓޭކިންގް މޮޅު ގޭމެއް ކުޅުނީ މެކްސިކޯ އިންނެވެ. ފުރަތަމަ ހާފުގައި ގިނަ ހަމަލާތައްވެސް އުފެއްދީ އެޓީމުންނެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވުނީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެރިއާ ބޭރުން މެކްސިކޯއަށް ލިބުނު ހިލޭ ޖެހުމުން އެޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާއެވެ. ގޯލާ އަމާޒުކޮށް އެލެކްސް ވޭގާ ފޮނުވާލި ބާރު ހަމަލާ ގޯލާއި އަމާޒުވި ނަމަވެސް، މި ހަމަލާގައި ބޯޅަ ގޯލަށް ވަނުމަށް ހުރަހަކަށްވީ އާޖެންޓީނާގެ ހުސިޔާރު، އަދި މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.
ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅުނީ އާޖެންޓީނާއިންނެވެ. ފުރަތަމަ ހާފުގައި މެކްސިކޯގެ ފަރާތުން ފެނުނު ޖޯރު، އަދި މޮޅު ކުޅުން ދެވަނަ ހާފުގައި ނުފެނެއެވެ.
ނަތީޖާ އަކަށްވީ ދެވަނަ ހާފުގައި އެޓީމުގެ މެދު ތެރެއިން ރަނގަޅަށް ބޯޅަ ނުހިފެހެއްޓި، އާޖެންޓީނާގެ ހަމަލާތަކުގެ ޝިކާރައަކަށް ވުމެވެ.
ހާއްސަކޮށް މެސީގެ މޮޅު ކުޅުމުގެ ޝިކާރައަކަށް ވީއެވެ.
މެޗުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެސީ އެވެ. މިއީ ޑީ އޭރިއާގެވެސް ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާ ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެން މެސީ ކާމިޔާބު ކޮށްދިން ޖާދުވީ ލަނޑެކެވެ.



