ޚަބަރު

މެންބަރު ނަޝީދަށް ހަމަލާދޭން އުޅުނު މީހާގެ ބަންދަށް 30 ދުވަހަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މޮސްޓާއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަޝީދަށް ހަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅުނު ވަގުތު އެވެ. އޭނާގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ މާރާމާރީ ހިންގުމާ ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.

އެ ފިރިހެން މީހާ އަކީ ކުށުގެ ރެކޯޑު މަދު މީހެއް ނަމަވެސް، މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ރެކޯޑު އެމީހާގެ އޮންނައިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިން ވަރަށް ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ. އެގޮތުން، އަނިޔާ ލިބުނު ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓެއްގެ އިތުރުން ސީސީޓީވީ ފުޓޭޖް ހެކީގެ ގޮތުގައި ލިބިފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close