ޚަބަރު ރާއްޖޭގައި ޚިދުމަތްދޭ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ބުކިންގ ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ރާއްޖޭގައި ޚިދުމަތްދޭ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ބުކިންގ ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ރާއްޖޭގައި ޚިދުމަތްދޭ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ބުކިންގ ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން ބޭރުގައި ހިންގާ އޮންލައިން ބުކިންގ ޕްލެޓްފޯމުތަކާއި ޓުއަރ އޮޕަރޭޓަރުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމްގެ ޚިދުމަތްތަކުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް (ޖީއެސްޓީ) ލާޒިމުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓެކްސް ނިޒާމުގައި “ޑެސްޓިނޭޝަން ޕްރިންސިޕަލް” ތަންފީޒުކޮށް، އޮފްޝޯކޮށް ހިންގާ ވިޔަފާރިތަކުން ދޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން ޓެކްސް ނެގޭނެ އުސޫލުތައް ސަރީޙަކޮށް ކަނޑައެޅުމެވެ.

މި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ކަމުގައިވީ ނަމަވެސް، ރާއްޖޭގައި ހުންނަ އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި، ދަތުރުފަތުރުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެކިއެކި ޚިދުމަތްތައް ބޭރުގެ އެޖެންޓުން މެދުވެރިކޮށް ފޯރުކޮށްދޭނަމަ، އެއީ ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ބެލެވޭނެއެވެ.

އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޓެކްސް ނަގަން ފެށުމަށް އިސްލާހުގައި ހުށަހަޅާފައިވާއިރު، މި ބަދަލާއެކު އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ލިބެން ފެށުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.


ޓެގް

ޖީއެސްޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.