އިންޑިއާގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުގައި މިއަދު ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ބައެއް ރައްޔިތުންނާއި އެމްބަސީގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާގެ ރައީސް ދުރޯޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވައިފައެވެ.
އިންޑިއާގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި، އެ ގައުމުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފު ކުރައްވައި، އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
އަދި ބޮޑުވަޒީރު މޯދީއަށް ފޮނުއްވި ސިޓީފުޅުގައި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ އިސްތިރާޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...