ޚަބަރު ގައުމީ ދުވަހާ ގުޅުވައިގެން އުތީމުގައި “ވާހަކަ ވައު” ހުޅުވައިފި

ގައުމީ ދުވަހާ ގުޅުވައިގެން އުތީމުގައި “ވާހަކަ ވައު” ހުޅުވައިފި

ގައުމީ ދުވަހާ ގުޅުވައިގެން އުތީމުގައި “ވާހަކަ ވައު” ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ގައުމީ ބަތަލު ބޮޑުތަކުރުފާނު ކުރެއްވި އާދަޔާހިލާފު ތާރީހީ ޖިހާދުގެ ހާދިސާތައް ދިރުވައި އާލާކުރުމުގެ ގޮތުން ހއ. އުތީމުގައި ތަރައްގީކުރި “ވާހަކަ ވައު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ހުޅުވި މިއާންތަރީގާ ބިނާއަކީ، އެ ސަރަހައްދުގެ ގުދުރަތީ ވަލުތެރެއަށް ވަދެގެންދާއިރު ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ މުހިންމު މަންޒަރުތަކާއި ހާދިސާތައް ސިފަވާގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

ތާރީހީ ކަންކަން އިހުސާސްކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސަރަހައްދުގައި ބަހައްޓާފައިވާ 14 ބޯޑެއްގެ އެހީގައި، 1558 ގައި ޕޯޗުގީޒުން މާލެ ހިފި ހިސާބުން ފެށިގެން ހއ. ބާރަށުގައި ކަޅުއޮއްފުންމި ބެންނެވުމާއި 1573 ގައި ރާއްޖެއަށް ނަސްރު ލިބުމާ ހަމައަށް ހިނގާދިޔަ މުހިންމު ތާރީހީ ކަންކަމުގެ މައުލޫމާތު ތަރުތީބުން ލިބެން ހުންނާނެއެވެ.

ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ތަރިކަ މިނިސްޓްރީން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ގާޒީ ބަންޑާރައިންގެ އަސަރުތައް ރައްކާތެރިކޮށް، ސަގާފީ ފަތުރުވެރިކަން ފުޅާކުރުމާއެކު، ތާރީހީ ވާހަކަތައް ޒުވާން ޖީލުތަކަށް ޝައުގުވެރިވާނެ ފަދަ އީޖާދީ ގޮތަކަށް ފޯރުކޮށްދިނުމެވެ.


ޓެގް

ޤައުމީދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.