ޚަބަރު ވަގުތީގޮތުން ޕޮލިސް ހިންގެވުން މަންނާނަށް

ވަގުތީގޮތުން ޕޮލިސް ހިންގެވުން މަންނާނަށް

ވަގުތީގޮތުން ޕޮލިސް ހިންގެވުން މަންނާނަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިއްޔެއާއި ހަމައަށް ދިވެހިރާއްޖޭގެ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި  ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އިއްޔެ ރިޓަޔާ ކުރެއްވުމުން، ވަގުތީ ޕޮލިސް ކޮމިޝަނަރަކަށް، މިހާރު ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަންނާން ޔޫސުފް  ހަމަޖައްސައިފި އެވެ.

މީގެ 29 އަހަރު ކުރިން ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވި ޑެޕިއުޓީ ކޮމިޝަނަރ މަންނާނަކީ އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތައުލީމް ހާސިލް ކުރެއްވުމުގެ އިތުރުން، އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައިވާ ފަރާތެކެވެ. މީގެ އިތުރުން މިވަގުތު ޑެޕިއުޓީ ކޮމިޝަނަރ މަޤާމުގައި ހުންނެވި މަންނާނަކީ  ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އަދި ޔޫތު ކްރިމިނަލް ޖަސްޓިސްގެ ދާއިރާގައި މިވަގުތު އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރ ވެސް މެއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު އިއްޔެ ރިޓަޔާ ކުރެއްވުމުމާއި ގުޅިގެން ދާއިމީ އާ ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ދެން އައްޔަން ކުރައްވާނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށްފަހުގައެވެ.

ޓެގް

ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.