ޚަބަރު ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މެސެޖެއް

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މެސެޖެއް

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މެސެޖެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް މުބާރަކްބާދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ރައީސް މުޢިއްޒު، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި، އެބައިމީހުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ތަޢުރީފުކުރައްވާފައިވެއެވެ.

އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން، ފަލަސްޠީނު ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން އެދިވަޑައިގެން މެސެޖު ނިންމަވާލައްވާފައިވެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަލަސްތީނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.