ޚަބަރު

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައިލެންޑާއި ދުބާއީއަށް ފުޅާކުރަނީ

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައިލެންޑާއި ދުބާއީއަށް ފުޅާކުރުމުގެ މަސައްކަތް ގައުމީ އެއާލައިން މޯލްޑިވިއަންއާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ  ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހަމްދާން ނަސީރުއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ. ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާޗު 1 ގައެވެ.

މިއަދު މި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިރޭ ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭނުންޖެހޭ ހާލަތްތަކުގައި ޔޫއޭއީ އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

“އެއަރ އެމްބިއުލާންސް އޮޕަރޭޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނީ އިންޓަރނޭޝަނަލީ އެކްރެޑިޓެޑް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭ ފަރާތްތައް މެދުވެރިކޮށް.” މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close