ޑްރަގް ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި ރިޝްފާ ދޫކޮށްލައިފި އެވެ.
މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރި އާމިނަތު ރިޝްފާ ބަންދުން ދޫކޮށްލީ މިއަދުއެވެ.
ހެންވޭރު ގެއެއްގައި ޑްރަގާއެކު ޕާޓީކުރަން ތިއްބާ ހައްޔަރުކުރި މީހުންގެ ތެރޭ ހިމެނެނީ 23 އަހަރާއި 38 އަހަރާ ދެމެދުގެ ހަތަރު އަންހެނުންނާއި އަށް ފިރިހެނުންނެވެ. އެ މީހުން ތިބި ގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ވެސް ހޯދައިފައެވެ.
ރިޝްފާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމާއެކު މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެތެރޭގައި ޓިކްޓޮކް ތަރި ހުނައިސާ އާދަމް ނަޞީރު ވެސް ހިމެނެއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 07 ދުވަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...