ބޭރުދުނިޔެ ޣައްޒާގައި އިޒްރާއީލުން ކަނޑައެޅި ކަމަށްބުނާ ރައްކާތެރި ސަރަޙައްދަކަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި އިޒްރާއީލުން ކަނޑައެޅި ކަމަށްބުނާ ރައްކާތެރި ސަރަޙައްދަކަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި އިޒްރާއީލުން ކަނޑައެޅި ކަމަށްބުނާ ރައްކާތެރި ސަރަޙައްދަކަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާގެ ދެކުނުގައި އިޒްރާއީލުން ކަނޑައަޅާފައިވާ “ރައްކާތެރި ސަރަޙައްދު” ކަމަށް ބުނާ ސަރަޙައްދަކަށް އިޒްރާއީލުން ހަމަލާދީ ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 9 މީހުން ޝަހީދުކޮށްލައިފި ކަމަށް ޞިއްޙީ ވަސީލަތަކުން މަޢުލޫމާތު ދީފިއެވެ.

ބުދަ ދުވަހު ދިން މިހަމަލާގައި، ޚާން ޔޫނިސްގެ ހުޅަނގުގައިވާ އަލް-މަވާސީ ސަރަޙައްދުގައި ހުރި ގެއަކަށް އިޒްރާއީލުގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކުން ދިން ޙަމަލާއެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް 8 މީހުން ޝަހީދުވިއެވެ.

މީގެ އިތުރުން، އިޒްރާއީލުގެ ސިފައިން “ރައްކާތެރި ސަރަޙައްދު” އެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް-މަވާސީގައި ހުރި ޓެންޓު ސަރަޙައްދަކަށް ދިން އިތުރު ޙަމަލާގައި އެކަކު ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ.

މި ޙަމަލާތަކާ ގުޅިގެން، ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް މަންޒަރުދުށް މީހުންބުނެއެވެ. މި ސަރަޙައްދުގައި ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށު ދަރަޖައެއްގައި އޮތް އިރު، މިހާތަނަށް މި ސަރަޙައްދުގައި އެތައްހާސް މީހުން ޝަހީދުވެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރާއީލުން ދަނީ ޣައްޒާއަށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. މި ޙަމަލާތަކުގައި މިހާތަނަށް 43،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޣައްޒާގެ ގިނަ ސަރަޙައްދުތަކަކީ ދިރިއުޅެން ނުކުޅެދޭ ވަރުގެ ތަންތަނަށް ވެފައިވެއެވެ.

މި ހަނގުރާމައާ ގުޅިގެން އިޒްރާއީލުގެ މައްޗަށް ނަސްލު ފޮހެލުމުގެ ދަޢުވާ އުފުލި، އެ މައްސަލަ މިހާރު ވަނީ ބައިނަލްއަޤްވާމީ ޢަދުލު ކޯޓަށް ހުށަހެޅިފައެވެ.

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.