އަންނަ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
އެމްޑީޕީގެ އިސް މަސްއޫލުވެރިންނާއެކު ބޭއްވެވި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއްގައި ރައީސް ސޯލިހު މި ނިންމެވުން ހާމަކުރައްވާފައިވާއިރު، އެމަނިކުފާނަށް ސިޔާސީ ތާއީދު އިތުރުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.
އިންތިޚާބުގައި ވާދަކުރެއްވުމާ މެދު މީގެ ކުރިން މީޑިއާތަކުން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވުމަށް އެމަނިކުފާނު ވަނީ ނުކުޅެދިފައެވެ. އެ ވަގުތުގެ މަސްލަހަތަށްޓަކައި އެ މައުލޫމާތު އާންމުކުރައްވަން ބޭނުންފުޅުނުވި ނަމަވެސް، އެމަނިކުފާނުގެ ވިސްނުންފުޅު ޕާޓީގެ ލީޑާޝިޕަށް ސާފުވާނެ ކަމަށް މީގެ ކުރިން ސޯލިހު ވިދާޅުވެފައިވެއެވެ.
މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކަންޏެވެ. ސޯލިހުގެ މި ނިންމެވުމާއެކު ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ ވެގެންދާނީ ޕާޓީގެ އެތެރޭގައި ވަރަށް ވާދަވެރި ހަރަކާތްތަކެއް ފެނިގެންދާނެ އިންތިޚާބަކަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...