ޚަބަރު ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ފޭކު ބެޗެއް ރާއްޖޭގައި ވިއްކާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ފޭކު ބެޗެއް ރާއްޖޭގައި ވިއްކާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ފޭކު ބެޗެއް ރާއްޖޭގައި ވިއްކާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ބާޒާރުގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ މަޝްހޫރު އޮޕްޑިވޯ ބްރޭންޑުގެ އިންޖެކްޝަނެއްގެ ފޭކު ބެޗެއް ދައުރުވަމުންދާތީ، އެ ބޭސް އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަގުތުން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ރައްކާތެރިކަމުގެ އެލާޓެއްގައި ބުނެފައިވަނީ، ސައްހަ ނޫން ގޮތުގައި އަސްލާ އެއްގޮތަށް ތައްޔާރުކޮށްގެން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދަނީ ނުވޮލިޔުމެބް (Nivolumab) 10 މިލިލީޓަރުގެ ބެޗު ނަންބަރު “8081399” ގެ އިންޖެކްޝަންތަކެއް ކަން ކަށަވަރުވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ބެޗުގެ އެއްވެސް އިންޖެކްޝަނެއް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމުގެ އިތުރުން ސިއްހީ ފަރުވާގައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ފޯނު ނަންބަރު 7200321 އަށް ގުޅުމަށްވެސް އެއޮތޯރިޓީން ވަނީ އެދިފައެވެ.


ޓެގް

އެމްއެފްޑީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.