ޚަބަރު ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރަށް މުއްދަތެއް ދީ، އެމްޑީޕީން ވަރުގަދަ ޑިމާންޑުތަކެއް ކޮށްފި

ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރަށް މުއްދަތެއް ދީ، އެމްޑީޕީން ވަރުގަދަ ޑިމާންޑުތަކެއް ކޮށްފި

ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރަށް މުއްދަތެއް ދީ، އެމްޑީޕީން ވަރުގަދަ ޑިމާންޑުތަކެއް ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސް ތަކެތީގެ އަގުތައް އަތްނުފޯރާ ހިސާބަށް ދިއުމުގެ ބިރު ބޮޑުވެފައިވާތީ، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 17 ރޫފިޔާއަށް ތިރިކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 ރޫފިޔާއަށް އަދި މަސްދުވަސް ތެރޭގައި 17 ރޫފިޔާއަށް ކުޑަކޮށްދޭންޖެހޭ ކަމަށެވެ. އަދި މިއީ އެމްޑީޕީން ކުރިއަށް އޮތް މުޒާހަރާގައިވެސް ސަރުކާރަށް ކުރާނެ މައިގަނޑު ޑިމާންޑު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22 ރޫފިޔާއަށް އަރާފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިގޮތަށް އަގުތައް އުފުލެމުންދާނަމަ ރާއްޖޭގައި ހައިޕާ އިންފްލޭޝަނެއް އުފެދުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ޑޮލަރުގެ އަގު ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ އިގްތިސޯދީ އިލްމުގައި ވަރަށް ސާފުކޮށް އެނގެން ހުރި ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ޑޮލަރުގެ ތަދިކަން ބޮޑުވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކަމަށާއި، މިވަގުތަށް ކުރަން ނުޖެހޭ ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ދަރަނި އަލުން އެކުލަވާލުމުގެ މަސައްކަތް ނުކުރުމާއި، ޑޮލަރު ބޮންޑު ވިއްކައިގެން އެކަށީގެންވާ އަދަދަކަށް ބޭރު ފައިސާ އިގްތިސާދަށް ނުވެއްދުމަކީވެސް މައްސަލަ ގޯސްވާ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތް ގާނޫނަށް އިސްލާހު ހުށަހެޅުމުން ވިޔަފާރިވެރިން ފަހަތަށް ޖެހި، އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވެއްދުމަށް ސަރުކާރުން ހިންގަން އުޅޭ ރެޒިޑެންސީ ޕްރޮގްރާމަށް އެމްޑީޕީން މަރުހަބާ ކިޔާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ޓެގް

ރައީސް ނަޝީދު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.