ޚަބަރު ރާއްޖޭގެ މަޝްރަހާމެދު އެމްޑީޕީގެ ރައީސް ޝާހިދު ޒުވާނުންގެ ޚިޔާލު ހޯއްދަވައިފި

ރާއްޖޭގެ މަޝްރަހާމެދު އެމްޑީޕީގެ ރައީސް ޝާހިދު ޒުވާނުންގެ ޚިޔާލު ހޯއްދަވައިފި

ރާއްޖޭގެ މަޝްރަހާމެދު އެމްޑީޕީގެ ރައީސް ޝާހިދު ޒުވާނުންގެ ޚިޔާލު ހޯއްދަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގައުމުގެ ސިޔާސީ، އިގުތިސޯދީ އަދި އިޖުތިމާއީ މަޝްރަހު މިވަގުތު އޮތް ގޮތާ މެދު މަޝްވަރާ ކުރެއްވުމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޒުވާނުންގެ ބަޔަކާ ބައްދަލުކުރައްވައިފިއެވެ.

ރޭ ބޭއްވި މި ބައްދަލުވުމުގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ސިޔާސީ މަޝްރަހުގައި ހުރި މައްސަލަތަކާމެދު ޒުވާނުންގެ ފިކުރާއި ޚިޔާލު ހުރިގޮތް އޮޅުންފިލުއްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މި މަޝްވަރާތަކަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ގައުމެއް ކުރިއަރައި ދެވޭނީ ޒުވާނުންގެ އަޑުއަހައި، އެ މީހުންގެ ޚިޔާލަށް އިސްކަންދީގެން ކަމަށެވެ.

ގައުމުގެ ހާލަތު ބަދަލުކުރުމުގެ ވިސްނުމާއި ފިކުރުގެ އިތުރުން، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކަންކަން ކުރުމުގެ ހުނަރާއި ވައްޓަފާޅި ޒުވާނުންގެ ކިބައިގައި ހުރިކަން ފާހަގަކުރައްވަމުން، ރޭގެ ބައްދަލުވުމުންވެސް އެކަން ވަރަށް ސާފުކޮށް އެނގިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.


ޓެގް

ޝާހިދު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.