ޚަބަރު ޤައުމީ 20 އަހަރުގެ މާސްޓަރ ޕްލޭން ނޮވެމްބަރު މަހު އިޢުލާންކުރައްވަނީ

ޤައުމީ 20 އަހަރުގެ މާސްޓަރ ޕްލޭން ނޮވެމްބަރު މަހު އިޢުލާންކުރައްވަނީ

ޤައުމީ 20 އަހަރުގެ މާސްޓަރ ޕްލޭން ނޮވެމްބަރު މަހު އިޢުލާންކުރައްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ތަރައްޤީއަށް އެކުލަވައިލާ 20 އަހަރުގެ މާސްޓަރ ޕްލޭންގެ ފުރަތަމަ ޑްރާފްޓް ނިމެން ކައިރިވެފައިވާ ކަމަށާއި، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕްލޭން އެއްކޮށް ފައިނަލްކޮށް އިޢުލާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕްލޭން ފައިނަލްކުރުމުގެ ކުރިން ކަމާބެހޭ މުއައްސަސާތަކާއި އެކި ފަރާތްތައް ހިމެނޭގޮތަށް ފުޅާ ދާއިރާއެއްގައި “ވެލިޑޭޝަން ވޯކްޝޮޕެއް” ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް ގިނަ ކަންކަމަކީ މި މާސްޓަރ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 17 ނޮވެމްބަރު 2023 އިން ފެށިގެން ތަންފީޒުކުރެވެމުންދަނީ އެ ޕްލޭންގެ ދަށުން ކަމަށެވެ. މިއީ ޤައުމީ ތަރައްޤީގެ ސިޔާސަތުތައް ވަކި ތަރުތީބަކުން ކުރިއަށްގެންދިއުމަށް އެކުލަވައިލެވޭ މުހިންމު ޕްލޭނެއް ކަމަށާއި، މީގެ އަސާސީ އަމާޒަކީ 2040 އާ ހަމައަށްދާއިރު ރާއްޖޭގެ ޖީޑީޕީ އިތުރުކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ސްޓޭޓަސްއަށް ރާއްޖެ ގެންދިއުމުގެ އިތުރުން ހިންގުމުގެ ނިޒާމާއި ޑިމޮކްރަސީގެ މިންގަނޑުތައް ހާސިލުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ވިލުންތެރި ރާއްޖެ 2045” ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ރައީސް މުޢިއްޒު ފައްޓަވައިދެއްވާފައިވަނީ ނިމިދިޔަ އަހަރުގެ ސެޕްޓެންބަރު 17 ގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން މި މަސައްކަތް ދިވެހި ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައިވާއިރު، ޕްލޭން އެކުލަވާލާ ޓީމުން މިހާރު ދަނީ އާންމުންގެ ޚިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުކުރަމުންނެވެ.

    ޓެގް

    ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

    މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

    ކޮމެންޓް (0)

    ލޯޑް ކުރަމުން...

    ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.