ޚަބަރު ސަރަޙައްދީ ސުލްހައަށް މެދުވެރިއަކަށްވާން ރާއްޖެ ތައްޔާރު، އިސްރާއީލު ފިޔަވައި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރާނަން: ރައީސް މުއިއްޒު

ސަރަޙައްދީ ސުލްހައަށް މެދުވެރިއަކަށްވާން ރާއްޖެ ތައްޔާރު، އިސްރާއީލު ފިޔަވައި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރާނަން: ރައީސް މުއިއްޒު

ސަރަޙައްދީ ސުލްހައަށް މެދުވެރިއަކަށްވާން ރާއްޖެ ތައްޔާރު، އިސްރާއީލު ފިޔަވައި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރާނަން: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރަޙައްދީ ހަމަޖެހުމާއި ސުލްހަމަސަލާމަތް ގާއިމުކުރުމަށްޓަކައި ދެބަސްވުންތައް އުފެދިފައިވާ ގައުމުތަކުގެ މެދުގައި ސުލްހައިގެ ވާހަކަތައް ދެއްކެވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވީ، ސަރަޙައްދީ އަމާންކަން ދެމެހެއްޓުމަށްޓަކައި ސާކްގެ ހަރަކާތްތައް އަލުން ފަށައި، އިސްނަގައިގެން މަސައްކަތްކުރުމަކީ ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދައްވާންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން، އިސްރާއީލު ފިޔަވައި ދުނިޔޭގެ ކުދިބޮޑު ހުރިހާ ގައުމަކާއެކުވެސް ހާރިޖީ ގުޅުން ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ނިންމެވި ނިންމެވުން ފަޚުރުވެރިކަމާއެކު ދަމަހައްޓަވާނެ ކަން ހާމަކުރައްވަމުން، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ގެންގުޅުނީ އިސްރާއީލަށް ތާއީދުކުރާ ސިޔާސަތެއް ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ އަރަބި އަދި އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މައްޗަށް ކަމަށާއި، މީގެ ސަބަބުން ދިވެހިރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިނިވަންދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.