ޚަބަރު މިނިވަން ދުވަހުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ސައުދީގެ އަމީރު ޑރ. މަންސޫރު ރާއްޖެ ވަޑައިގެންފި

މިނިވަން ދުވަހުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ސައުދީގެ އަމީރު ޑރ. މަންސޫރު ރާއްޖެ ވަޑައިގެންފި

މިނިވަން ދުވަހުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ސައުދީގެ އަމީރު ޑރ. މަންސޫރު ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް އަދި ކެބިނެޓް މެންބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތައިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްޞަ ދައުވަތަކަށް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސައުދީގެ އަމީރަށް މަރުޙަބާ ދެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވެރިންނެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ވަނީ ޝަރަފުގެ ގާޑެއްވެސް އަރުވާފައެވެ.

މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުމާއި ހިނގާލުމުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ޕްރިންސް ޑރ. މަންސޫރު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ރާއްޖޭގެ އިސްވެރިންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޤްތިޞާދީ، ތަރައްޤީ އަދި އިސްލާމީ ކަންކަމާ ގުޅޭ ދާއިރާތަކުން އެއްބާރުލުން ދިނުމާ މެދު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިންސް ޑރ. މަންސޫރަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ މުޝީރެއްގެ އިތުރުން، ޖޯޖް ވޮޝިންގޓަން ޔުނިވަރސިޓީން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އިލްމީ އަދި ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެކެވެ.

އަދި މީގެ ކުރިން ސައުދީގެ މިނިސްޓަރު އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒްގެ މަގާމު ފުރުއްވާފައިވާ ޕްރިންސް ޑރ. މަންސޫރަކީ ސައުދީ އަރަބިއްޔާ ބިނާކުރެއްވި ކިންގް އަބްދުލްއަޒީޒް އަލް ސައުދުގެ ކާފަދަރިކަލެކެވެ.


ޓެގް

މިނިވަންދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.