ޚަބަރު ބްރިޖާއި ހައިވޭގައި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ބްރިޖާއި ހައިވޭގައި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ބްރިޖާއި ހައިވޭގައި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ބްރިޖާއި ހައިވޭގެ އެކި ސަރަހައްދުތަކުގައި އުޅަނދުތައް ހުއްޓުވައި ފާސްކުރަމުންދާއިރު، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ދެނެގަތުމަށް ސްޕީޑް ގަން ބޭނުންކޮށްގެން ދުވެލި މިންކުރުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މިއީ މަގުމަތީގެ ޤަވާޢިދުތަކަށް އާންމުން ބޯލެނބުވުމަށާއި، ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުން ހުއްޓުވައި، އެންމެންގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ހަރަކާތެކެވެ.

މުޅި ރާއްޖެއަށް ބަލާއިރުވެސް އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ އެއް ސަރަހައްދަކީ ބްރިޖާއި ހައިވޭ ކަމަށްވާއިރު، ގިނަ ހާދިސާތައް ހިނގަން މެދުވެރިވަނީ ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމާއި ޤަވާޢިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވުމުގެ ސަބަބުންކަން ފުލުހުންގެ ތަހުގީގުތަކުން ވަނީ އެނގިފައެވެ.

އެހެންކަމުން، މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެހާ ފަރާތްތަކުންވެސް ޓްރެފިކް ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.