ޚަބަރު ބޮޑުތަކުރުފާނު މަގުގެ އާ ބައިގައި ޕާކުކުރުން މަނާ

ބޮޑުތަކުރުފާނު މަގުގެ އާ ބައިގައި ޕާކުކުރުން މަނާ

ބޮޑުތަކުރުފާނު މަގުގެ އާ ބައިގައި ޕާކުކުރުން މަނާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދުގައި އުޅަނދުފަހަރު ޕާކުކުރުން މަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށްގެންދާ “ދަ ޕަލްސް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތާރުއަޅައި ނިންމާފައިވާ މި ސަރަހައްދު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، މީގެ ކުރިން މަގުގެ އަރިމަތީގައި އުޅަނދުތައް ބެހެއްޓި ގޮތަށް ދެން އެތަނުގައި ޕާކު ނުކުރެވޭނެ އެވެ.

މަގުމަތީގެ ތޮއްޖެހުން ކުޑަކޮށް، ދުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ފަޅުން ބައެއް ހިއްކައިގެން ހާއްސަ ޕާކިން ޒޯނެއް ވަނީ ގާއިމުކޮށްފަ އެވެ. މި އާ ޕާކިން ސަރަހައްދަކީ އެއްފަހަރާ 500 ސައިކަލު ބެހެއްޓޭނެ ޖާގައެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ސަރަހައްދަށް ވަޑައިގަންނަވާ ބޭފުޅުން އުޅަނދުތައް ޕާކިން ޒޯނުގައި ބެހެއްޓުމަށްފަހު، އޮފީސްތަކަށާއި އެހެނިހެން ތަންތަނަށް ހިނގާފައި ދިއުމުން މަގުގެ ހިތްފަސޭހަކަން އެންމެނަށް ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ބޮޑު އަމާޒަކީ މި މަގުގެ ދެފަރާތުގައި ގަސް އިންދައިގެން، މާލޭގެ ހިތްގައިމު އަދި ރީތި ސަރަހައްދަކަށް އެތަން ބަދަލުކުރުމެވެ. މީގެކުރިން ވެސް މި މަގު ހެދިއިރު ޕާކުކުރުން މަނާކުރަން ނިންމި ނަމަވެސް، އެކަށީގެންވާ ޕާކިން ޖާގައެއް ނެތުމުގެ ސަބަބުން މަގުމަތީގައި އުޅަނދުތައް ބަހައްޓަމުން ގޮސްފައިވެ އެވެ. ނަމަވެސް މިފަހަރު އާ ޕާކިން ޒޯނަކާ އެކު މަގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.