ޚަބަރު އިމާމުންނާއި ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ދީނީ ދައުރާ ނިންމާލައިފި

އިމާމުންނާއި ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ދީނީ ދައުރާ ނިންމާލައިފި

އިމާމުންނާއި ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ދީނީ ދައުރާ ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްކިތްތަކުގެ އިމާމުންނާއި ޒުވާން ޚަޠީބުންގެ ފެންވަރު މަތިކުރުމަށްޓަކައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާ ގުޅިގެން ކުރިއަށްގެންދިޔަ ދީނީ އިލްމީ ދައުރާ ޕްރޮގްރާމް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދިޔަ މި މުހިންމު ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ، ދިވެހިރާއްޖޭގެ ދީނީ ދާއިރާ ކުރިއެރުވުމަށާއި އިލްމުވެރިން ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެމުންގެންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އެގޮތުން ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، އެ ޤައުމުގެ އިސްލާމިކް މިނިސްޓަރަށާއި ދިވެހިރާއްޖޭގައި ހުންނަވާ ސަޢޫދީ އެމްބެސެޑަރަށް ވެސް ވަޒީރު ޝުކުރު ސަނާ ރައްދުކުރެއްވިއެވެ.  

މި ދައުރާ ޕްރޮގްރާމަކީ ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރައްވާ އިމާމުންނާއި، އަލަށް ދާއިރާއަށް ނުކުންނަވާ ޒުވާން ޚަޠީބުންގެ ދީނީ ހޭލުންތެރިކަން ފުޅާކޮށް، ހުޠުބާ ދިނުމާއި ދީނީ މައުލޫމާތު ފެތުރުމުގައި އެބޭފުޅުންގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގުނު މުހިންމު ޙަރަކާތެކެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން މުޖުތަމަޢު ދީނީގޮތުން ހޭލުންތެރިކުރުވުމުގައި އިމާމުންނަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.


ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.